
-
ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އަދާމް ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު އިނގިރޭސިވިލާތުގެ ލަންޑަންގައި އެވެ.
މި ބައްދަލުވުމުގައި، މެމްބަރު ގައުމުތަކުން ވަނީ ކޮމަންވެލްތުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެޖަމުޢިއްޔާއިން ކުރަމުންގެންދާ މަސައްކަތްތަކާއި އަދި މި އަހަރުގެ ނޮވެމްބަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި މީގެ އިތުން ކޮމަންވެލްތު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ކޮމަންވެލްތަކީ 56 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމްޢިއްޔާއެކެވެ. އަދި ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، އެކި ދާއިރާތަކުން، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަޞްލަޙަތު ކުރިއެރުވުމުގައި އެ ޖަމްޢިއްޔާއާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އިސްތިއުފާ ދެއްވި ދެ ވަޒީރުންނާއި ދިޔާނާ!

ސްވިޑަން އަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، އެކަމަނާގެ މަޤާމުގެ ފަތްކޮޅު ސްވިޑަން ރަސްގެފާނަށް އަރުވައިފި
.jpg&w=3840&q=75)
ފޮރިން މިނިސްޓަރު ހަލީލް މަގާމުން އިސްތިއުފާދީފި




