
އައު ސުޕްރީމް ލީޑަރު މުޖޮތަބާގެ ފުރަތަމަ އަމާޒު: ބައްޕާފުޅު ޚާމަނާއީގެ މަރުގެ ބަދަލު ހިފުން!
# އިރާންއިރާނުގެ އައު ސުޕްރީމް ލީޑަރަކަށް އިންތިހާބުކުރި އާޔަތުﷲ މުޖޮތަބާ ޚާމަނާޢީގެ ފުރަތަމަ އަމާޒަކީވެސް ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީގެ މަރުގެ ބަދަލު ހިފުން ކަމަށާއި އިރާނުން ދެމުންދާ ހަމަލާތައް ވަރުގަދަ ކުރުމަށް ދާދި އަވަހަށް އަމުރުކުރައްވާނެ ކަމަށް އިރާނުގެ ރިޕޯޓުތައް ބުނެފި އެވެ.

އިރާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ސުޕްރީމް ލީޑަރުގެ ޒިންމާތަކާއި އާޔަތުﷲ މުޖޮތަބާ ޚާމަނާޢީ ދާދި އަވަހަށް ހަވާލުވެވަޑައިގަންނަވާނެ އެވެ.
އަދި އެމެރިކާ އިސްވެ އޮވެ އިޒްރޭލުގެ ބައިވެރިވުމާއިއެކު އިރާނަށް ދިން ހަމަލާތަކުގައި ކުރީގެ ސުޕްރީމް ލީޑަރު އަދި މުޖޮތަބާގެ ބައްޕާފުޅު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމުގެ ބަދަލު ހިއްޕަވަން މުޖޮތަބާ ނިންމަވާފައިވާ ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވުމަށް އިރާނުގެ ރިވެލިއުޝަނަރީ ގާޑްސް ދެއްވަން ދެޖޭ އަމުރުފުޅުތައް ވެސް ދެއްވަން ތައްޔާރުވަމުންދާކަމަށް މުޖޮތަބާއާއި އިސް ފަރާތްތަކާއި ހަވާލާދީ އިރާނުގެ މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.
މިގޮތުން މުޖޮތަބާގެ އަމުރުފުޅަށް އައިއާރްޖީސީން އަދި މިހާތަނަށް ބޭނުން ނުކުރާ ގެއްލުން ބޮޑު ހަތިޔާރުތައް އިޒްރޭލާއި އެމެރިކާއާއި ދެކޮޅަށް ބޭނުންކުރެއްވުމަށް އަމުރުފުޅު ކުރައްވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިރާނުގެ އައު ސުޕްރީމް ލީޑަރަކަށް އެގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްއިން އިންތިހާބުކުރި އާޔަތުالله މޮޖްތާބާ ޚާމަނާއީ އަކީ ދިގު މުއްދަތަކަށް އިރާނުގެ ވެރިކަން ކުރެއްވި އާޔަތުالله އަލީ ޚާމަނާއީގެ ދެވަނަ ފިރިހެން ދަރިކަލުންނެވެ. އަދި އޭނާއަކީ އީރާނުގެ ބާރުގަދަ ސިފައިންގެ ލަޝްކަރު ކަމަށްވާ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އާއި ބަސީޖް ފައުޖާ ގާތް ގުޅުމެއް އޮންނަ، ނުފޫޒުގަދަ ބޭފުޅެކެވެ.
އަލީ ޚާމަނާނީ އަވަހާރަކޮށްލާފައިވަނީ މިމަހުގެ ކުރީކޮޅު އެމެރިކާ އިސްވެ އޮވެ އިސްރާއީލާއި ގުޅިގެން އިރާނަށް ދިން ވަރުގަދަ ހަމަލާއެއްގައި އެވެ. މިއާއިއެކު ފާއިތުވި ދުވަސްތަކުގައި އެގައުމުގެ ހިންގުން ހަވާލުކޮށްފައި އޮތީ ތިން މެމްބަރުންގެ ލީޑަރޝިޕް ކައުންސިލަކަށާއިއެވެ. އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ އެގައުމުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން އެގައުމުގެ އިސް ދިނީ އިލްމުވެރިއެކެވެ.
މިއަދު އައު ސުޕްރީމް ލީޑަރަކަށް އެގައުމުގެ ދީނީ އިލްމުވެރިންގެ އިސް މަޖިލީހުން އިންތިހާބުކުރި މޮޖްތަބާއަކީ އެމަގާމަށް އަންނާނެ ކަމަށް އެމެރިކާއިންވެސް އެންމެ ލަފާކުރި އެއް ބޭފުޅާއެވެ.
ގުޅުންހުރި

ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އަސްކަރިއްޔާއިން ވަރަށް ރަނގަޅަށް ހިފައިފި، ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެ - ޓްރަމްޕު

އިރާނުން މާދަމާގެ ނިޔަލަށް އެމެރިކާއާއިއެކު"ޑީލަކަށް" ނައިސްފި ނަމަ ހަމަލާތައް އަލުން ފަށާނަން - ޓްރަމްޕު

އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ




