logoEN
PNC TOP 3
އިރާނުގެ އައު ސުޕްރީމް ލީޑަރަކަށް ޚާއްސަ މަޖިލީހުން އިންތިހާބުކުރީ މޮޖްތަބާ ޚާމަނީއީކަމުގެ އިޝާރާތެއް!

އިރާނުގެ އައު ސުޕްރީމް ލީޑަރަކަށް ޚާއްސަ މަޖިލީހުން އިންތިހާބުކުރީ މޮޖްތަބާ ޚާމަނީއީކަމުގެ އިޝާރާތެއް!

އަހުމަދު ޝުރާއު

logo

3/8/2026, 6:42:26 PM

# އިރާން

އިރާނުގެ އައު ސުޕްރީމް ލީޑަރަކަށް އެގައުމުގެ ޚާއްސަ މަޖިލީހުން އިންތިހާބުކުރީ ޝަހީދު އާޔަތުالله އަލީ ޙާމަނާއީގެ ދަރިކަލުން، މޮޖްތަބާ ޚާމަނީއީކަމުގެ އިޝާރާތެއް އެމަޖިލީހުގެ މެމްބަރަކު ދެއްވައިފި އެވެ.

PNC MID 2

އިރާނުގެ ސުޕްރީމް ލީޑަރަކު އިންތިހާބު ކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ އެގައުމުގެ އެންމެ އިސް ސިޔާސީ އަދި ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވިފައި އޮންނަ ޚާއްސަ މަޖިލީހެއް ކަމަށްވާ އެސެމްބްލީ އޮފް އެކްސްޕާޓްސްއަށެވެ. އެގޮތުން މި މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބާއްވައި އެގައުމުގެ އައު ސުޕްރީމް ލީޑަރަކު އެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއަކުން އިންތިހާބުކޮށްފައިވާކަން މިހާތަނަށް ވަނީ ކަށަވަރުވެފައި އެވެ.

ނަމަވެސް އެކަން އަދި ރަސްމީކޮށް އެސެމްބްލީ އޮފް އެކްސްޕާޓްސްގެ ސެކެޓްރޭޓުން އިއުލާނެއް ނުކުރެއެވެ. އަދި މި މަޖިލީހުން ފާސްކުރި ނަމާއި ގުޅޭގޮތުން ރަސްމީކޮށް އެއްވެސް ފަރާތަކުން ބަހެއް ބުނެފައި ނުވެއެވެ.

ނަމަވެސް އިރާނުގެ މީޑިއާތަކުން މިރޭ ވަނީ އެމަޖިލީހުގައި ހިމެނޭ މެމްބަރެއް ކަމަށްވާ ހުސެއިން އަލީ އެޝްކެވަރީގެ ޚާއްސަ ބަސްދީގަތުމެއް އާންމުކޮށްފައެވެ. އެ ބަސްދީގަތުމުގައި ހުސެއިން އަލީ އެޝްކެވަރީ ވަނީ އައު ލީޑަރު އިންތިހާބު ކުުރުމުގެ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ އެކަން ރަސްމީކޮށް އިއުލާނުކުރުން އެކަނި ކަމުގައި ހާމަކުރައްވާފައި އެވެ.

އަދި އިރާނުގެ އައު ލީޑަރުވެސް ވެގެންދާނީ ޚާމަނާއީގެ ނަން ކުރިޔަށްގެންދާނެ ލީޑަރެއް ކަމުގައި ވިދާޅުވެފައި އެވެ. މިއާއިއެކު މިއީ އިރާނުގެ އައު ލީޑަރަކަށް ޚާމާނާއީގެ ދެވަނަ ދަރިކަލުން، މުޖޮތަބާ ޚާމަނާއީ އިންތިހާބުވެފައިވާކަމުގެ އިޝާރާތެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ސަބަބަކީ ޚާމަނާއީގެ ފަހުން ސުޕްރީމް ލީޑަރަކަށް މުޖޮތަބާ އައުމުގެ ފުރުސަތު ބޮޑުވެފައި އޮތުމާއި ސުޕްރީމް ލީޑަރުގެ މަގާމަށް އަންނާނެ ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރެއިން ޚާމަނާއީގެ އާއިލާއަށް ނިސްބަތްވާ ހަމައެކަނި ފަރާތަކީ އޭނާ ކަމަށް ވުމެވެ.

އެމެރިކާއިން ވެސް ބޮޑަށް ލަފާކުރަނީ އިރާނުގެ އައު ލީޑަރަކަށް އަންނާނީ މުޖޮތަބާ ޚާމަނާއީ ކަމަށެވެ.

އޭނާއަކީ އީރާނުގެ ބާރުގަދަ ސިފައިންގެ ލަޝްކަރު ކަމަށްވާ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އާއި ބަސީޖް ފައުޖާ ގާތް ގުޅުމެއް އޮންނަ، ނުފޫޒުގަދަ ބޭފުޅެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC