
-
އިރާނުގެ އައު ސުޕްރީމް ލީޑަރަކަށް އާޔަތުالله މޮޖްތާބާ ޚާމަނާއީ އިންތިހާބުކޮށްފި އެވެ.

އިރާނުގެ އައު ސުޕްރީމް ލީޑަރަކަށް އެގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްއިން އިންތިހާބުކުރި އާޔަތުالله މޮޖްތާބާ ޚާމަނާއީ އަކީ ދާދި ފަހުން އަވަހާރަކޮށްލި އެގައުމުގެ ސުޕްރީމް ލީޑަރުކަން 36 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ކުރެއްވި އާޔަތުالله އަލީ ޚާމަނާއީގެ ދަރިކަލުންނެވެ. އޭނާއަކީ އާޔަތުﷲ ހާމަނާއީގެ ދެވަނަ ފިރިހެން ދަރިކަލުންނެވެ. އަދި އޭނާއަކީ އީރާނުގެ ބާރުގަދަ ސިފައިންގެ ލަޝްކަރު ކަމަށްވާ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އާއި ބަސީޖް ފައުޖާ ގާތް ގުޅުމެއް އޮންނަ، ނުފޫޒުގަދަ ބޭފުޅެކެވެ.
އަލީ ޚާމަނާނީ އަވަހާރަކޮށްލާފައިވަނީ މިމަހުގެ ކުރީކޮޅު އެމެރިކާ އިސްވެ އޮވެ އިސްރާއީލާއި ގުޅިގެން އިރާނަށް ދިން ވަރުގަދަ ހަމަލާއެއްގައި އެވެ. މިއާއިއެކު ފާއިތުވި ދުވަސްތަކުގައި އެގައުމުގެ ހިންގުން ހަވާލުކޮށްފައި އޮތީ ތިން މެމްބަރުންގެ ލީޑަރޝިޕް ކައުންސިލަކަށާއިއެވެ. އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ އެގައުމުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން އެގައުމުގެ އިސް ދިނީ އިލްމުވެރިއެކެވެ.
މިއަދު އައު ސުޕްރީމް ލީޑަރަކަށް އެގައުމުގެ ދީނީ އިލްމުވެރިންގެ އިސް މަޖިލީހުން އިންތިހާބުކުރި މޮޖްތަބާއަކީ އެމަގާމަށް އަންނާނެ ކަމަށް އެމެރިކާއިންވެސް އެންމެ ލަފާކުރި އެއް ބޭފުޅާއެވެ.
އެގޮތުން ސުޕްރީމް ލީޑަރަކަށް އައްޔަނުކުރެވިގެން ދިޔުމާއިއެކު އޭނާގެ ފުރަތަމަ ޒިންމާއަކަށް ވާނީ ބައްޕާފުޅު އަލީ ޚާމަނާއީގެ މަރުގެ ބަދަލު ހިފުން ކަމަށް އިރާނުގެ ބައެއް ރިޕޯޓުތައް ދަނީ ބުނަމުންނެވެ. އެހެންކަމަށްވާނަމަ އިރާނުން އިސްރާއީލަަށާއި އެމެރިކާއަށް އަމާޒުކޮށް ދޭ ހަމަލާތައް ކުރިޔަށް ހުރި ދުވަސްތަކުގައި އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ބެލެވެއެވެ.
ގުޅުންހުރި

ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އަސްކަރިއްޔާއިން ވަރަށް ރަނގަޅަށް ހިފައިފި، ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެ - ޓްރަމްޕު

އިރާނުން މާދަމާގެ ނިޔަލަށް އެމެރިކާއާއިއެކު"ޑީލަކަށް" ނައިސްފި ނަމަ ހަމަލާތައް އަލުން ފަށާނަން - ޓްރަމްޕު

އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ




