logoEN
WAMCO TOP 1
އިރާނުގެ އައު ސުޕްރީމް ލީޑަރުގެ އިންތިޒާރުގައި މުޅި ދުނިޔެ!

އިރާނުގެ އައު ސުޕްރީމް ލީޑަރުގެ އިންތިޒާރުގައި މުޅި ދުނިޔެ!

އަހުމަދު ޝުރާއު

logo

3/8/2026, 11:19:53 AM

# އިރާން

އިރާނުގެ އައު ސުޕްރީމް ލީޑަރަކީ ކާކުކަން އެނގުމަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު، އެ ގައުމުގެ އެންމެ މަތީ ވެރިޔާ އިއުލާނުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައު އޮތީ ވަރަށް ބޮޑު އިންތިޒާރެއްގައެވެ.

THE TRAVELLER AD

އިރާނުގެ ކުރިމަގު ބައްޓަންކުރާނެ އައު ޒައީމުގެ ނަން ހާމަކުރުމުގެ ވަގުތު ކައިރިވަމުން އަންނައިރު، އައު ލީޑަރު މިހާރު އެގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްއިން ވަނީ ކަނޑައަޅާފައި އެވެ. ދެން އޮތީ އެނަން މުޅި ދުނިޔެއަށް އިއުލާނުކުރުމެވެ. އިރާނު ދައުލަތުގެ ހިންގުން އޮންނަ ގޮތުން އެގައުމުގެ ދީނީ އަދި ސިޔާސީ އެންމެ މަތީ މަގާމަށް އަންނާނެ ބޭފުޅަކީ ގައުމުގެ ހުރިހާ ކަމެއްގެ ފަހު ބަސް ބުނާ ބޭފުޅަށް ވުމާއިއެކު މިހާރު މެދުއިރުމަތީގެ ހާލަތު އޮތް ގޮތުން މިއީ މުޅި ސަރަހައްދުގެ މަސްލަހަތާ ގުޅިފައިވާ ނިންމުމަކަށް ވާތީ އިރާނާއި ދެކޮޅު ހުރިހާ ގައުމެއްގެ ނަޒަރުވެސް ހުރީ އެކަމަށެވެ.

އިރާނުގެ އައު ވެރިޔާގެ ނަން އިއުލާނުކުރުމަކީ މުޅި ދުނިޔެ ސިއްސުވާލާނެ ނުވަތަ ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

އީރާނުގެ ސުޕްރީމް ލީޑަރު ކަނޑައަޅާ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ މެންބަރު އަހުމަދު އަލަމް އަލް ހުދާ އަލް ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކަމުގެ ޚާއްސަ މަޖިލީހުން ނިންމުން ނިންމައި އިންގިލާބުގެ ލީޑަރު މިހާރު އިންތިހާބުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މަޖިލީހުން އިންތިހާބުކުރި އައު ލީޑަރުގެ ނަން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެސެމްބްލީ އޮފް އެކްސްޕާޓްސްގެ ކައުންސިލްގެ ޖެނެރަލް ސެކްރެޓޭރިއަޓުން އިއުލާނުކުރާނެކަންވެސް މެންބަރު އަހުމަދު އަލަމް އަލް ހުދާ ވަނީ ހާމަކުރައްވާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC