logoEN
WAMCO TOP 1
އިރާނުގެ ހަމަލާތަކުގައި ޔޫއޭއީން މަރުވި މީހުންގެ އަދަދު 4 އަށް!

އިރާނުގެ ހަމަލާތަކުގައި ޔޫއޭއީން މަރުވި މީހުންގެ އަދަދު 4 އަށް!

އަހުމަދު ޝުރާއު

logo

3/8/2026, 10:57:29 AM

# އިރާން

އެމެރިކާ އިސްވެ އޮވެ އިސްރާއީލުގެ ބައިވެރިވުމާއިއެކު އިރާނަށް މިމަހު ކުރީކޮޅު ދޭން ފެށި ބޮޑެތި ހަމަލާތަކުގެ ރައްދުގައި އިރާނުން މެދުއިރުމަތީގެ ގައުމުތަކަށް ދެމުންދާ ހަމަލާތަކުގައި ޔޫއޭއީން މިހާތަނަށް 4 މީހަކު މަރުވެއްޖެ އެވެ.

THE TRAVELLER AD

އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުގައި އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާއިރު އިރާނުން އަންނަނީ އިސްރާއީލާއި އެމެރިކާގެ އަސްކަރީ ބޭސްތައް ހުރި މެދުއިރުމަތީގެ ގައުމުތަކަށް ވަރުގަދަ ހަމަލާތަކެއް ހުއްޓުމެއްނެތި ދެމުންނެވެ.

މިގޮތުން އެންމެ ވަރުގަދަ ހަމަލާތަކެއް އަމާޒުވި ގައުމަކީ ޔޫއޭއީއެވެ.

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ޕާކިސްތާނާއި ނޭޕާލް އަދި ބަންގްލަދޭޝްގެ ރައްޔިތުން ހިމެނޭހެން ހަތަރު މީހަކު މި ހަމަލާތަކުގައި މަރުވެފައިވާ ކަމަށެވެ.

އިރާނުން މިހާތަނަށް ޔޫއޭއީއަށް 238 ބެލިސްޓިކް މިސައިލާއި 1،422 ޑްރޯން އަދި އަށް ކްރޫޒް މިސައިލް ހަމަލާދީފައިވާ ކަމަށްވެސް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC