
ހައިވޭގައި 4 ވެހިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް: 2 މީހަކަށް ފަރުވާދަނީ
# ދިވެހި ފުލުހުންގެ ޙިދުމަތް-
ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައިވޭ މާލެއިން ހުޅުމާލެއަށް ދަތުުރުކުރާ ފަޅީގައި 2 ކާރު އަދި 2 ސައިކަލު ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް މިރޭ 12:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އެކްސިޑެންޓުގައި 2 މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ ޒުވާން އަންހެނަކަށާއި ފިރިހެނަކަށެވެ.
މި އެކްސިޑެންޓާއި ގުޅިގެން ހައިވޭގެ ޓްރެފިކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައި އެވެ.
ގުޅުންހުރި

މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް 51 ފުޅި ބަނގުރަލާއިއެކު ބިދޭސީއަކު ހައްޔަރަށް!

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސައިކަލެއްގެ ވެރިފަރާތް ހޯދަނީ

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި




