
ހޯމުޒް ކަނޑުއޮޅިން ދަތުރުކުރާ ޓޭންކަރުތައް އެސްކޯޓުކުރަން އެމެރިކާގެ މަނަވަރުތައް ފޮނުވަން ޓްރަމްޕު ނިންމައިފި
# އިރާންހޯމުޒް ކަނޑުއޮޅިން ދަތުރުކުރާ ޓޭންކަރުތައް އެސްކޯޓުކުރަން އެމެރިކާގެ މަނަވަރުތައް ފޮނުވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމައިފި އެވެ.

ޓްރަމްޕު އޭނާގެ އަމިއްލަ މީސް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރޫތުގައި ކުރި ޕޯސްޓެއްގައި ބުނީ އެމެރިކާގެ ނޭވީން ސްޓްރޭޓް އޮފް ހޮރްމޫޒް ތެރެއިން ޓޭންކަރުތައް އެސްކޯޓް ކުރަން ފަށާނެ ކަމަށާއި އެކަން "ވީހާވެސް އަވަހަކަށް" ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.
"އިރާނުން ކޮންމެ ކަމެއް ކުރިޔަސް އެމެރިކާއިން ދުނިޔެއަށް ހަކަތަ ފޯރުކޮށްދިނުން ކަށަވަރުކޮށްދޭނެ،" ޓްރަމްޕުގެ ޕޯސްޓުގައި ބުންޏެވެ.
މީގެ ތިން ދުވަސް ކުރިން އީރާނާއެކު ހަނގުރާމައެއް ފެށި ތެހެރާނަށް އެމެރިކާއާއި އިސްރާއީލުން ހަމަލާތައް ދިން ފަހުން ތެލުގެ އަގު ވަނީ 15 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފަ އެވެ.
އެގޮތުން އެމެރިކާއާއި އިސްރާއީލުން ފެށި ހަމަލާތަކާއި ގުޅިގެން އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ހޯމުޒް ކަނޑުއޮޅި ބަންދުކުރިކަން ހާމަކޮށް އެކަނޑުއޮޅިން ދަތުރުކުރާނަމަ ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ދީފައި އެވެ. އަދި އިންޒާރަށް ބޯނުލަނބައި އެކަނޑުއޮޅި ހުރަސް ކުރަން މަސައްކަތްކުރި ޓޭންކަރުތަކަކަށް އައިއާރްޖީސީން ވަނީ ހަމަލާތައްވެސް ދީފައި އެވެ.
ހޯމުޒް ކަނޑުއޮޅިއަކީ މެދުއިރުމަތިން ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދޭ އެންމެ މުހިންމު އެއް ކަނޑުއޮޅިއެވެ. މިއީ އިރާނުގެ ފުރިހަމަ ބާރު ހިނގާ ކަނޑުއޮޅިއެކެވެ.
ގުޅުންހުރި

ދުޝްމަނުންނާއި ދުޝްމަނުންގެ ވާގިވެރިންނަށް މެދުއިރުމަތީން އެންމެ ލީޓަރެއްގެ ތެޔޮވެސް އެކްސްޕޯޓުވިޔަ ނުދޭނަން - އިރާނު

އިރާނުން ބަހްރައިނަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ: އިރާނުން ބުނަނީ ހަމަލާ އަމާޒުކުރި އެމެރިކާ ސިފައިން ތިބި ހޮޓަލަކަށް ކަމަށް!

ޓްރަމްޕަށް ގޮތް ހުސްވެއްޖެ: ތެލުގެ އަގު ތިރިކުރަން ރަޝިޔާއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލަން ނިންމައިފި

.gif&w=3840&q=75)



