
އިރާނުގެ އައު ސުޕްރީމް ލީޑަރު ކަނޑައެޅުން ފަހު މަރުހަލާގައި: މިރޭ ނުވަތަ މާދަމާ އިސް ލީޑަރު އިއުލާނުކުރާނެ!
# އިރާންއިސްރާއީލާއި އެމެރިކާގެ ހަމަލާއެއްގައި އިރާނުގެ އިސް ލީޑަރު އާޔަތުالله އަލީ ޚާމަނާއި އަވަހާރަކޮށްލުމާއި ގުޅިގެން އައު ލީޑަރަކު ކަނޑައެޅުމުގެ މަސައްކަތް ފަހު މަރުހަލާއަށް ގޮސްފައިވާކަމަށް އިރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއެއް ކަމަށްވާ ފާރސް ނިއުސް އެޖެންސީން ރިޕޯޓުކުރާ ގޮތުގައި އެގައުމުގެ ދެން އަންނަ ސުޕްރީމް ލީޑަރު ހޮވުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އީރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ ބައްދަލުވުންތައް ވާޗުއަލްކޮށް ދަނީ ކުރަމުންނެވެ.
ފާރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެގައުމުގެ 88 އިސް ދީނީ އިލްމުވެރިން އެސެމްބްލީ އޮފް އެކްސްޕާޓްސްއިން އާ ސުޕްރީމް ލީޑަރަކު ހޮވުމުގެ މަސައްކަތް މިހާރު "އެންމެ ފަހު މަރުހަލާ"އަށް ގޮސްފައިވާއިރު ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އައު ލީޑަރަކަށް ކަނޑައަޅާނެ ފަރާތެއް ރަސްމީކޮށް އިއުލާނުކުރާނެ އެވެ.
ހޮނިހިރު ދުވަހު އެމެރިކާއާއި އިސްރާއީލުން އިރާނަށް ދިން ބޮޑު ހަމަލާއެއްގައި ޚާމަނާއީ އަވަހާރަކޮށްލާފައިވާއިރު އިރާނުން ދަނީ ބަދަލުހިފުމުގެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަަޒުތަކަށް އަމާޒުކުރަމުންނެވެ.
ޚާމަނާއީގެ ބަދަލުގައި އާ ލީޑަރަކު އައްޔަންކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށިކަން އީރާނުން ވަނީ އާދީއްތަ ދުވަހު އިއުލާނުކޮށްފަ އެވެ.
އެގޮތުން އާ ލީޑަރަކަށް އަންނާނެ ކަމަށް ރިޕޯޓުތައް ބުނަނީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މޮޖްތާބާ ޚާމަނާއީއެވެ.
ގުޅުންހުރި

ދުޝްމަނުންނާއި ދުޝްމަނުންގެ ވާގިވެރިންނަށް މެދުއިރުމަތީން އެންމެ ލީޓަރެއްގެ ތެޔޮވެސް އެކްސްޕޯޓުވިޔަ ނުދޭނަން - އިރާނު

އިރާނުން ބަހްރައިނަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ: އިރާނުން ބުނަނީ ހަމަލާ އަމާޒުކުރި އެމެރިކާ ސިފައިން ތިބި ހޮޓަލަކަށް ކަމަށް!

ޓްރަމްޕަށް ގޮތް ހުސްވެއްޖެ: ތެލުގެ އަގު ތިރިކުރަން ރަޝިޔާއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލަން ނިންމައިފި

.gif&w=3840&q=75)



