
އިރާނުގެ ރެވޮލިއުޝަނަރީ ގާޑްސްގެ އެންމެ އެލީޓް އެއް ގޮފި ކަމަށްވާ ގުދުސް ފޯސްގެ ލުބުނާނު ކޯޕްސްގެ އިސް ކޮމާންޑަރު އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފި އެވެ.

އިޒްރޭލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން މިރޭ ބުނީ ތެހެރާނަށް ދިން ހަމަލާއެއްގައި ލުބުނާނުގައި ހުންނަ އީރާނުގެ ޤުދުސް ފޯސްގެ ކޮމާންޑަރު ދާއޫދު އަލީ ޒާދޭ އަވަހާރަކޮށްލާފައިވާ ކަމަށެވެ.
"ތެހެރާނަށް ފަޔަރ ޖެޓްތަކުން ހަމަލާދީ، ޤުދުސް ފޯސްގެ އިސް އޮފިޝަލެއް އަދި ލުބުނާން ކޯޕްސްގެ ކޮމާންޑަރު ދާއޫދު އަލީ ޒާދޭ އަވަހާރަކޮށްލައިފިން،" އައިޑީއެފްގެ ތަރުޖަމާނު ބްރިޖް ޖެނެރަލް އެފީ ޑެފްރީން ބުނެފައިވެއެވެ. އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި ދާއޫދު އަލީ ޒާދޭ ވަނީ ހިޒްބުالله ގެ އެހީގައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވެފައި އެވެ.
ޤުދުސް ފޯސް އަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އެއް ގޮފި އެވެ.
ގުޅުންހުރި

އީރާނުގެ ޚުމައިން ސިޓީއަށް އެމެރިކާއިން ހަމަލާ ދީފި

އެމެރިކާގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން އޯމާން، ޤަޠަރު އަދި ޔޫއޭއީއަށް މިސައިލް ޙަމަލާތަކެއް ދީފި

އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި




