
އެމެރިކާއާއި ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު އިރާނަށް ފޯރުކޮށްދެމުންދިޔަ 10 މީހަކު ގަތަރުން ހައްޔަރުކޮށްފި
# އިރާންއިރާނަށް އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދެމުންދިޔަ 10 މީހަކު ގަތަރުން ހައްޔަރުކޮށްފި އެވެ.

ގަތަރުގެ ކަމާބެހޭ އިދާރާތަކުން މިރޭ ބުނީ އީރާނުގެ ރިވެލިއުޝަނަރީ ގާޑްސް، އައިއާރްޖީސީއާއި ގުޅުން ހުރި ދެ ސެލްއެއް ހޯދައި އެ ދެ ސެލްގައި ހަރަކާތްތެރިވަމުންދިޔަ 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 7 މީހުންނަކީ މުހިންމު އަދި އަސްކަރީ މަރުކަޒުތަކުގެ ޖާސޫސީ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ 7 މީހުން ކަމަށެވެ.
އަދި ދެން ތިބި 3 މީހުންނަކީ ސެބޮޓޭޖް މިޝަންތައް ހިންގުމުގެ ޒިންމާ ހަވާލުކޮށްފައިވާ ބައެއް ކަމަށާއި އެމީހުންނަކީ އަސްކަރީ ޑްރޯންތައް އޮޕަރޭޓް ކުރުމުގެ ތަމްރީނުތައް ލިބިފައިވާ ބައެއް ކަމަށެވެ.
ހައްޔަރުކުރި 10 މީހުންގެ ވަނަވަރުވެސް އަދި މިހާތަނަށް ހާމަކޮށްފައިނުވާއިރު އެމީހުންނަކީ އިރާނަށް ނިސްބަތްވާ ބައެއްކަންވެސް ގަތަރުން އަދި ކަށަވަރުކޮށްނުދެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އެމެރިކާ އިސްވެ އޮވެ އިސްރާއީލާއި ގުޅިގެން އިރާނަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދޭން ފަށާފައި އެވެ. މި ހަމަލާތަކުގައި އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީވެސް އަވަހާރަކޮށްލާފައިވެއެވެ. މިއާއިއެކު އިރާނުން ވަނީ ބަދަލުހިފުމުގެ ވަރުގަދަ ހަމަލަތާކެއް އިސްރާއީލާއި މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގައުމުތަކަށް ދީފައި އެވެ. އެގޮތުން އެންމެ ވަރުގަދަ ހަމަލާތަކެއް އިރާނުން ދީފައިވަނީ ގަތަރާއި ކުވެއިތު އަދި ޔޫއޭއީއަށެވެ.
މެދުއިރުމަތީގެ ގިނަ ގައުމުތަކަކީ އެމެރިކާގެ އަސްކަރީ ބޭސްތައް ހުންނަ ގައުމުތަކެވެ. އިރާނުން ވަނީ ދެމުން އަންނަ ހަމަލާތަކަކީ އެގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތަކެއް ނޫން ކަމަށާއި އެއީ އެމެރިކާގެ ބާރު ހިނގާ ތަންތަނަށް ދެމުން އަންނަ ހަމަލާތަކެއް ކަމަށް ބުނެ އެކަން އެގައުމުތަކަށްވެސް ރަސްމީކޮށް އަންގާފައި އެވެ.
ގުޅުންހުރި

ދުޝްމަނުންނާއި ދުޝްމަނުންގެ ވާގިވެރިންނަށް މެދުއިރުމަތީން އެންމެ ލީޓަރެއްގެ ތެޔޮވެސް އެކްސްޕޯޓުވިޔަ ނުދޭނަން - އިރާނު

އިރާނުން ބަހްރައިނަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ: އިރާނުން ބުނަނީ ހަމަލާ އަމާޒުކުރި އެމެރިކާ ސިފައިން ތިބި ހޮޓަލަކަށް ކަމަށް!

ޓްރަމްޕަށް ގޮތް ހުސްވެއްޖެ: ތެލުގެ އަގު ތިރިކުރަން ރަޝިޔާއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލަން ނިންމައިފި

.gif&w=3840&q=75)



