
އިރާނުގެ އިސް ލީޑަރަކަށް ބޭފުޅަކު އައްޔަނުކުރެވެންދެން އެކުލަވާލާ އިރާނުގެ ލީޑަރޝިޕް ކައުންސިލަށް އާޔަތުالله އަލީ ރޭޒާ އަރާފީ އައްޔަނުކުރައްވައިފި އެވެ.

އިރާނުގެ ސުޕްރީމް ލީޑަރަކު އައްޔަނުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ އެސެމްބްލީ އޮފް އެކްސްޕާރޓްސް އިން އާ ލީޑަރަކު އިންތިޚާބު ކުރެވެންދެން އެންމެ މަތީ ލީޑަރުގެ ދައުރު އަދާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އީރާނުގެ ލީޑަޝިޕް ކައުންސިލާއިއެވެ. އެގޮތުން އިރާނުގެ ލީޑަރޝިޕް ކައުންސިލަކީ އެގައުމުގެ ސުޕްރީމް ލީޑަރާއި ރައީސް އަދި އުއްތަމަ ފަޑިޔާރު ހިމެނޭ 3 ވެރީންގެ ޚާއްސަ ކައުންސިލެކެވެ. އެމެރިކާއީ އިސްރާއީލުން އިރާނަށް ދިން ހަމަލާއެއްގައި އިއްޔެގެ ވަގުތެއްގައި ސުޕްރީމް ލީޑަރު އާޔަތުالله ޚާމަނާއި ވަނީ އަވަހާރަކޮށްލާފައި އެވެ.
މިއާއިއެކު ވަގުތީ ގޮތުން ގައުމު ހިންގެވުމުގެ ޒިންމާތައް މުޅީންހެން ލީޑަރޝިޕް ކައިންސިލާއި ހަވާލުކޮށްފައިވާއިރު ސުޕްރީމް ލީޑަރުގެ ބަދަލުގައި ކައުންސިލަށް އައްޔަނުކުރައްވާފައިވަނީ ޝީއީންގެ އިސް އިލްމުވެރިއެއް ކަމަށްވާ އާޔަތުالله އަލީ ރޭޒާ އަރާފީ އެވެ. މިއާއިއެކު އަރަފީ ހުންނަވާނީ ވަގުތީ ލީޑަރޝިޕް ކައުންސިލްގެ ބައެއްގެ ގޮތުގައި ރައީސް މަޞޫދު ޕެޒެޝްކިއަން އާއި އުއްތަމަ ފަނޑިޔާރު ޣުލަމްހުސައިން މުޙްސެނީ އެޖެއިއާ އެކުގައި އެވެ.
ގާނޫނު އަސާސީން އިތުރު ސުޕްރީމް ލީޑަރެއް ހޮވޭހާ ހިނދަކު ވެރިކަން ކުރަން ޖެހޭ ތިން މެންބަރުންގެ ވަގުތީ ކައުންސިލަށް އިރާނުގެ ބާރުގަދަ ދުސްތޫރީ ނިޒާމުގެ އިސް މެންބަރެއް ކަމަށްވާ އާޔަތުالله އަލީރޭޒާ އަރަފީ އައްޔަނުކުރެވިގެން ދިޔުމަކީ އެގައުމުގެ ސުޕްރީމް ލީޑަރުގެ މަގާމުން އޭނާއަށް ލިބިގެންދާނެ ކަމުގެ އިޝާރާތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އިރާނުގެ
ސުޕްރީމް ލީޑަރު ހޮވުމުގެ ޒިންމާ އޮތް ގާޑިއަން ކައުންސިލްގެވެސް މެމްބަރުކަން ކުރައްވާ އުމުރުން 67 އަހަރުގެ އިލްމުވެރިޔާ އަރާފީ ލީޑަރޝިޕް ކައުންސިލަށް އައްޔަނުކުރުމަށް ރުހުން ދިނީ އެގައުމުގެ އެންމެ މަތީ އާބިޓްރޭޝަން ގުނަވަން ކަމަށްވާ އެކްސްޕީޑިއެންސީ ކައުންސިލުންނެވެ.
އިތުރު ތަފްސީލް އަންނަނީ ،،
ގުޅުންހުރި

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން އަދިވެސް ހަމަލާދެނީ: މިހާތަނަށް އެމެރިކާގެ 3 ސިފައިން މަރުވެ 5 ސިފައިންނަށް ސީރިއަސް އަނިޔާތަކެއް!

އިރާނުގެ އިންޒާރަށް ބެލުމެއްނެތި ހޯމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ތެޔޮ ޓޭންކަރަކަށް ވަރުގަދަ ހަމަލާއެއްދީފި

ޚާމަނާއި އަވަހާރަކޮށްލުން ޕުޓިން ކުށްވެރިކުރައްވައިފި : "އެއީ އިންސާނީ އަދި ބައިނަލްއަޤްވާމީ ޤާނޫނުގެ ހުރިހާ މިންގަނޑަކާ ޚިލާފު ގަތުލެއް"

.gif&w=3840&q=75)



