logoEN
WAMCO TOP 1
ޚާމަނާއީ އަވަހާރަވެފައިވާ ކަން އިރާނުން ކަށަވަރުކޮށްދީފި

ޚާމަނާއީ އަވަހާރަވެފައިވާ ކަން އިރާނުން ކަށަވަރުކޮށްދީފި

# އީރާން

-

އިރާނުގެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވިކަން އީރާނުން ކަށަވަރުކޮށްދީފި އެވެ.

THE TRAVELLER AD

ނިރުބަވެރި އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ނިރުބަވެރި ހަމަލާއަކީ އީރާނުގެ ލީޑަރު ޚާމަނާއީ އަވަހާރަކޮށްލުމަށް ދިން ހަމަލާއެކެވެ. މިއީ އީރާނުގެ ވެރިކަން ފުރޮޅާލުމުގެ މަގްސަދުގައި ދިން ހަމަލާއެއްކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

މި ނިރުބަވެރި ހަމަލާގައި ޚާމަނާއީގެ އިތުރުން އޭނާގެ އަންހެން ދަރިކަނބަލަކާއި ކާފަ ދަރިކަލަކު ވެސް އަވަހާރަވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އީރާނަށް ދިން ހަމަލާއެއްގައި އަންހެން ދަރިކަނބަލުންގެ ފިރިކަލުންނާއި ދަރިކަލުން ވެސް ވަނީ އަވަހާރަވެފައެވެ.

ނިރުބަވެރި ހަމަލާއަށްފަހު ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އެންމެ ފުރަތަމަ އިއުލާންކުރީވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެވެ.

އީރާނަށް ދިން ނިރުބަވެރިހަމަލާއަށްފަހު އީރާނުން ދަނީ މި ހަމާލާއަށް ވާގިވެރިވާ އެމެރިކާގެ ބޭސްތަކަށާއި، އިޒްރޭލަށް ހަމަލާދެމުންނެވެ. އަދި ޚާމަނާއި އަވަހާރަވިކަމުގައިވި ނަމަވެސް ބަދަލު ހަމަލާތައް ހުއްޓާނުލާނެކަން އީރާނުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC