
އަބޫދާބީގެ މައި އެއާޕޯޓު، ޒައިދު އިންޓަނޭޝަނަލް އެއާޕޯޓުގައި "ހާދިސާ" އެއް ހިނގައި އެކަކު މަރުވެއްޖެ އެވެ.

އަބޫދާބީގެ އެއާޕޯޓް އެޖެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވަނީ ޒައިދު އިންޓަނޭޝަނަލް އެއާޕޯޓުގައި ހިނގި ހާދިސާއެއްގެ ސަބަބުން "އޭޝިއާގެ ރައްޔިތެއް މަރުވެ ހަތް މީހަކަށް އަނިޔާވެފައިވާ" ކަމަށެވެ. ނަމަވެސް ހާދިސާގެ އިތުރު ތަފްޞީލެއް ހާމައެއް ނުކުރެއެވެ.
އަބޫދާބީ އެއާޕޯޓު އޭޖެންސީން ވަނީ މިކަމާއި ގުޅިގެން" ދޮގު މައުލޫމާތު ދައުރު ނުކުރުމަށް" އިލްތިމާސްކޮށްފައިވެ އެވެ.
އަބޫދާބީއިން މިފަދައިން ހާމަކުރި އިރު ދުބާއީ އެއާޕޯޓަށް އިރާނުން ދިން ހަމަލާއެއް އަމާޒުވެ ގެއްލުންތަކެއް ވަނީ ލިބިފައި އެވެ. އެގޮތުން އެހަމަލާއާއި ގުޅިގެން ލިބުނު ގެއްލުންތަކުގައި 8 މީހަކަށް އަނިޔާވެފައިވާ ކަމަށް ދުބާއީ އެއާޕޯޓު ކުންފުނިން ވަނީ ބުނެފައި އެވެ. ދުބާއީ އެއާޕޯޓުންވެސް ކުރި ޕޯސްޓުގައި އިރާނުގެ ހަމަލާ ސިފަކުރީ " އެއާޕޯޓުގައި ހިނގި ހާދިސާއެއް" ގެ ގޮތުގައި އެވެ. ނަމަވެސް ދުބާއީ އެއާޕޯޓަށް ގެއްލުންވީ އިރާނުގެ ޑްރޯނެއް ވެއްޓުމުގެ ސަބަބުންކަން ފަހުން ވަނީ ކަށަވަރުވެފައި އެވެ.

މިއާއިއެކު އަބޫދާބީ އެއާޕޯޓުގައި ހިނގި ކަމަށްބުނާ ހާދިސާއަކީވެސް މިފަދަ ކަމެއް ކަމަށް ބެލެވެއެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް އިއްޔެ ހެނދުނު ހަމަލާދޭން ފެށުމާއިގުޅިގެން އިރާނުން އެމެރިކާއާއި އިސްރާއީލަށް ވާގިވެރިވާ ގައުމުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ވަނީ ފަށާފައި އެވެ. އެމެރިކާ އިސްވެ އޮވެ ފެށި ހަމަލާތަކަށް އިރާނުން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެގޮތުން ހަމަލާތައް ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައި އެވެ.
އެގޮތުން ކުވެއިތު، ބަހްރައިން، ޔޫއޭއީ، ގަތަރު، ޖޯޑަން އަދި ސައުދީ އަށް ވެސް އިރާނުން ހަމަލާތައް ދިން އިރު މި ހަމަލާތައް އަމާޒުކުރީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިގޮތުންވެސް ޔޫއޭއީއަކީ އިރާނުގެ ހަމަލާތައް ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި އެންމެ ބޮޑަށް އަމާޒުވި ގައުމެވެ. މި ހަމަލާތަކާއި ގުޅިގެން ދުބާއީ އާއި އަބޫދާބީގެ ވައިގެ ދަތުރުފަތުރުވެސް ވަނީ މުޅިންހެން ހުއްޓިފައި އެވެ.
މި ހަމަލާތަކުގައި އިރާނުން ބޭނުންކުރަމުންދަނީ ބެލިސްޓިކް މިސައިލްތަކާއި ހައިޕާސޮނިކް މިސައިލްތަކުގެ އިތުރުން ޑްރޯންތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން އިސްރާއީލާއި ގުޅިގެން އިރާނަށް ހަމަލާތަކެއް ދީފައިމިވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެކަމުގެ ނުރައްކާ އެމެރިކާއާއި އިސްރާއީލަށް އޮތް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް އިރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއިއެކު މަޝްވަރާގެ މޭޒަށް އައިސްފައި އެވެ. އަދި އެކަމުގެ މަޝްވަރާތައް ލަހުން ކުރިޔަށް ދިޔަނަމަވެސް ދެފަރާތުންވެސް އެއްބަސްވާ ހިސާބަކަށް މަޝްވަރާތައް ކުރިޔަށް ގޮސްފައިވުމުން މަޝްވަރާގެ އިތުރު ބުރުތަކަކަށް އިރާނުންވެސް ވަނީ އެއްބަސްވެފައި އެވެ. އަދި އެމަޝްވަރާތައް އަންނަ ހަފްތާގައި ފެށުމަށްވެސް އޮތީ ތައްޔާރުވެފައި އެވެ.
ނަމަވެސް މިއަދު ހެނދުނު ކުއްލި ގޮތަކަށް އިރާނަށް ދިން ހަމަލާތަކާއި ގުޅިގެން މި މަޝްވަރާތައް އެކުއެކީ ހުއްޓުމަކަށް އަންނާނެ ކަމަށް މަޝްރަހު ދިރާސާާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިއީ މެދުއިރުމަތީގައި ފެށޭ ދިގު ހަނގުރާމައެއްގެ ގޮތުގައިވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
.gif&w=3840&q=75)


.jpeg&w=3840&q=75)



