
ޓްރަމްޕާއި ނަތަންޔާހޫގެ ވާހަކަތައް އިރާނުން ދޮގުކޮށްފި: " ޚާމަނާއީ ހުންނެވީ ސަލާމަތުން، މިވަގުތުވެސް ގެންދަވަނީ ސިފައިންނަށް އިރުޝާދުދެއްވަމުން"
# އިރާންމިއަދު އިސްރާއީލާއި އެމެރިކާ ގުޅިގެން އިރާނަށް ދިން ހަމަލާގައި އިރާނުގެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނެފި އެވެ.

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހުންނެވީ ވަރަށް ސާބިތުކަމާއެކު ގައުމުގެ ކަންކަން ބަލަހައްޓަވައި އިރުޝާދު ދެއްވުމުގައި ކަމަށް ޚާމަނާއީގެ އޮފީހާ ގާތް ގުޅުމެއް އޮންނަ މަސްދަރަކާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކުރީ ދާދި ދެންމެ އަކު އެވެ.
އެގޮތުން މިކަން އިރާނުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިމިވަނީ ޚާމަނާއި އަވާހަރަކޮށްލެވިފައިވާ ކަމަށާއި އޭނާގެ ފުރާނަ ނެތް ހަށިކޮޅު މިހާރު ހޯދިފައިވާކަމަށް ބުނެ އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރަމުންދާ ދަނޑިވަޅެއްގައި އެވެ. އިސްރާއީލުގެ ބޮޑުވަޒިރު ނަތަންޔާހޫވެސް ވެސް ވަނީ ޚާމަނާއީ އަވަހާރަވެފައިވާކަން ނުސީދާކޮށް އިއުލާނުވެސް ކޮށްފައެވެ. އަދި ނަތަންޔާހޫގެ ވާހަކަތަކަކީ "ރަނގަޅު" ވާހަކަތަކެއް ކަމަށް ބުނެ އެމެރިކާގެ ރައީސް ޓްރަމްޕުވެސް ދާދި ދެންމެ އަކު ވަނީ އެމެރިކާގެ މިޑިއާތަކަށް މައުލޫމާތު ދީފައި އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށީ މިއަދު ހެނދުނު އެވެ. މި ހަމަލާތަކަކީ އިރާނުގެ ވެރިކަން ވައްޓާލުމުގެ މަގްސަދުގައި ދިން ހަމަލާތަކެއް ކަމަށް އެމެރިކާއިންވެސް ވަނީ އެއްބަސްވެފައި އެވެ.
އެގޮތުން ހަމަލާގެ މައި އަމާޒަކީ އިސް ލީޑަރު ހާމަނާއީ އާއި އިރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަން ގެ އިތުރުން އިރާނު އަސްކަރިއްޔާގެ ކޮމާންޑަރުން ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފައި އެވެ.
އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަންގެ ދަރިކަލުން ޔޫސުފް ޕެޒެޝްކިއަން އާއި ހަވާލާދީ އިރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި އޭނާގެ ބައްޕަގެ ސިއްހަތު ރަނގަޅު ކަމަށާއި އިސްރާއީލާއި އެމެރިކާއިން އޭނާ އަވަހާރަކޮށްލަން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.
ނަމަވެސް ރައީސް މަސޫދު ޕެޒެޝްކިއަން މިވަގުތު ހުންނެވި ތަނެއް ސަލާމަތީ ސަބަބުތަކަށްޓަކައި ހާމަކޮށްފައިނުވެއެވެ.
އިސްރާއީލުގެ އޮފިޝަލުންނާއި ހަވާލާދީ އިސްރާއީލުގެ ޗެނަލް 12 ނޫހުންވެސް ވަނީ އިރާނުގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ކޮމްޕައުންޑަށް އިސްރާއީލުން ދިން ހަމަލާގައި ޙާމަނާއީގެ ގަނޑުވަރު ވަނީ އެއްކޮށް ހަލާކުކޮށްލާފައިވާކަން ހާމަކޮށްފައެވެ. އަދި އެ ގަނޑުވަރަށް ލިބުނު ގެއްލުންތަށް ފެންނަ ސެޓެލައިޓް ފޮޓޯއެއްވެސް އަންނަނީ މިހާރު ދައުރުވަމުންނެވެ. އެފޮޓޯއަކީ ސައްހަ ފޮޓޯއެއްކަން ބޭރުގެ ގިނަ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައި އެވެ.
އެމެރިކާ އިސްވެ އޮވެ ފެށި އިރާނަށް ދޭން ފެށި ހަމަލާތަކަށް އިރާނުން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެގޮތުން ހަމަލާތައް ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައި އެވެ.
.gif&w=3840&q=75)



.jpeg&w=3840&q=75)



