
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ވަޒީރުންގެ ހާއްސަ ކޮމެޓީއެއް ރައީސް އުފައްދަވައިފި
# ދިވެހި ސަރުކާރު# ރައީސް މުއިއްޒު--
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވާފައިވާ ކަމަށެވެ.
މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:1. ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ)2. ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން3. ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު 4. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު5. ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން6. ހޯމް މިނިސްޓަރ ޢަލީ އިޙްސާން7. ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް8. ހަޔަޜއެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު9. އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
މިވުޒާރާތަކުން ކަމާގުޅޭ އެންމެހާ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރަމުންދާނެ ކަމަށްވެސް ހިނާ ވަލީދު ވިދާޅުވި އެވެ.
އެެމެރިކާ އިސްވެ އޮވެ އިސްރާއީލާއި ގުޅިގެން މިއަދު ހެނދުނު އިރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމާއިއެކު އިރާނުންވެސް އަންނަނީ އިސްރާއީލަށާއި އެމެރިކާގެ ބޭސްތައް ހުރި މެދުއިރުމަތީގެ ގައުމުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ބަދަލުހިފުމަށް އިރާނުން ދޭން ފެށި ހަމަލާތަކާއިއެކު މެދުއިރުމަތީގެ މަޝްރަހު ވަރަށް ބޮޑަށް ވަނީ ގޯސްވެފައި އެވެ. ހުރިހާ ގައުމަކުންވެސް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ވަނީ ސުލްހަ ގާއިމްކުރުމަށް ގޮވާލާފައެވެ.
ގުޅުންހުރި

ދިވެހިންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލެވިފައިވާ ލަޝްކަރަކީ ސިފައިން - ރައީސް

ފުވައްމުލަކުގައި ގާއިމްކުރާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތް ބާރަށް ކުރިއަށް

ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ފިޔަވައި، ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް




