logoEN
PNC TOP 3
ގަތަރުގައި އާންމު އެއްވުންތައް ބޭއްވުން ވަގުތީގޮތުން މަނާކޮށްފި

ގަތަރުގައި އާންމު އެއްވުންތައް ބޭއްވުން ވަގުތީގޮތުން މަނާކޮށްފި

އަހުމަދު ޝުރާއު

logo

2/28/2026, 5:57:22 PM

# އިރާން

ގަތަރުގައި އާންމު އެއްވުންތައް ބޭއްވުން ވަގުތީގޮތުން މަނާކޮށްފި އެވެ.

PNC MID 2

ގަތަރުގެ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ މިއަދު އިސްރާއީލާއި އެމެރިކާއިން އިރާނަށް ހަމަލާތައް ދިނުމާއި ގުޅިގެން އެދެގައުމަށް ވާގިވެރިވާ ގައުމުތައްވެސް ހިމެނޭހެން އިރާނުން ދޭން ފެށި ހަމަލާތަކާއި ގުޅިގެންނެވެ. އިރާނުން މިއަދު ވަނީ ގަތަރުގެ ވެރިރަށަށްވެސް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިއެވެ. އެގޮތުން ވެރިރަށް ދޯހާއާއި މާދުރު ނޫން ސަރަހައްދެއްގައި އެމެރިކާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައިވުމާއިއެކު އެތަނަށް ދެމުންދާ ހަމަލާތަކުގެ ޝިކާރައަކަށް ގަތަރުގެ ރައްޔިތުންވެސް ވަނީ ވެފައި އެވެ.

މިއާއިއެކު ދާދި ދެންމެ އަކު ގަތަރުގެ ސަރުކާރުން ނެެރުނު އިއުލާނެއްގައި ވަނީ ⁠ހޮޓާތަކާއި ޓޫރިޒަމް ސައިޓްތަކުގައި ބާއްވާ އާންމު ހަރަކާތްތަކާއި ⁠އެއްވުންތަކާއި މުނިފޫހިފިލުވުމުގެ ހުރިހާ ކަމެއް އިތުރު އަންގަންދެން މެދުކަނޑާލާނެކަން އިއުލާންކޮށްފައެވެ. އަދި ރަމަޟާން މަހު ހޮޓަލްތަކާއި ފަތުރުވެރިންގެ ⁠ތަންތަނުން އާންމުކޮށް ⁠ކުންފުނިތަކާއި ސަރުކާރުގެ ފަރާތްތަކާއި އާންމުންނަށް ބާއްވާ ⁠ހުރިހާ ރޯދަވީއްލުންތަކެއްވެސް ހުއްޓާލުމަށް އަންގާފައި އެވެ.

އިތުރު ތަފްސީލް އަންނަނީ ..

E living
ކޮމެންޓް
E living
ފަހުގެ
HDC