
ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިލްތިމާސް: ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރޭ!
# ފޮރިން މިނިސްޓްރީ-
އިސްރާއީލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތަކާއިއެކު އިރާނުން ދޭން ފެށި ރައްދު ހަމަލާތައް ގަލްފުގެ ގިނަ ގައުމުތަކަކަށް އަމާޒުވުމުން އެގައުމުތަކުގައި ތިބި ދިވެހީން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް ސަރުކާރުން އިލްތިމާސްކޮށްފި އެވެ.

ސަރުކާރުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި މިއަދު ފެށުނު ހަނގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށާއި ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި އެގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް އިލްތިމާސްކުރާކަމަށެވެ.
އެގޮތުން އެ ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، ފޮރިން މިނިސްޓްރީން މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ދަނީ ގާތުން ބަލަމުން ކަމަށާއި އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް ވަނީ އެދިފައި އެވެ.
އެ ސަރަޙައްދުގައިވާ އެމްބަސީތަކާއި މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް: ދޯހާ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896 +ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97126740200 +ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477 +މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް)އީމެއިލް: [email protected]
ގުޅުންހުރި

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިލްތިމާސް: ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރޭ!

ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ - ފޮރިން މިނިސްޓަރ

ނޭޕާލަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު އާޒިމާގެ ސަފީރުކަމުގެ ފަތްކޮޅު ނޭޕާލް ގެ ރައީސަށް އަރުވައިފި

.gif&w=3840&q=75)



