މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭން މެޝިނެއް ބަހައްޓައިފި
# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް# މިނިސްޓަރ އަލީ އިހްސާން# މާފުށީ ޖަލުމާފުށީ ޖަލުގައި ބެހެއްޓީ ބޮޑީ ސްކޭނަރު މެޝިން މިނިސްޓަރު އިހުސާން އިފްތިތާހްކޮށްދެއްވުމުގެ ތެރެއިން- ފޮޓޯ: ކަރެކްޝަނަލް ސާވިސް
ކ. މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ފުރަތަމަ ފަހަރަށް ރޭގައި ބަހައްޓައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާފުށީ ޖަލުގައި އަލަށް ބެހެއްޓި މި މެޝިން އިފްތިތާހްކޮށްދެއްވީ މިނިސްޓަރު އަލީ އިހްސާން ކަމަށެވެ.
ކަރެކްޝަންސް އިން ބުނީ ސަރުކާރުން ހޯމް މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދިން މެޝިން އިން ޖަލަށް އެތެރެކުރާ ތަކެތި ސްކޭން ކުރަން ފަށާފައިވާ ކަމަށެވެ.
"މިއީ، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު ފަހުގެ ބޮޑީ ސްކޭނިންގ މެޝިނެއް، އަދި މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިން" ކަރެކްޝަންސް އިން ބުންޏެވެ.
މާފުށީ ޖަލުގައި ބެހެއްޓީ ބޮޑީ ސްކޭނަރު މެޝިން އިފްތިތާހްކުރުމުގެ ތެރެއިން- ފޮޓޯ: ކަރެކްޝަނަލް ސާވިސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން މަޖިލީހުގައި އިއްވި މި ފަހަރުގެ ރިޔާސީ ބަޔާނުގައިވެސް މިކަން ފާހަގަކޮށް ވިދާޅުވެފައިވަނީ ޖަލުތަކަށް ވެއްދުން މަނާ ތަކެތި ވައްދާ ކުށްކުރަމުން ދިއުން ހުއްޓުވުމަށް އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މާފުށީ ޖަލަށް ގެނެސްފައިވާކަން ހާމަކުރައްވާފަ އެވެ.
ގުޅުންހުރި

ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގައި 115 އޮފިސަރުން ބައިވެރިވެއްޖެ
އައްސޭރި ޖަލުގައި ގައިދީންނަށް ރޯދަ ވިއްލުމެއް ބާއްވައިފި




