logoEN
PNC TOP 3
ޗެމްޕިއަންސް ލީގު: ދެވަނަ ބުރުގައި ރެއާލް އާއި ސިޓީ، އަދި ޕީއެސްޖީ އާއި ޗެލްސީ ވާދަކުރަން ޖެހިއްޖެ

ޗެމްޕިއަންސް ލީގު: ދެވަނަ ބުރުގައި ރެއާލް އާއި ސިޓީ، އަދި ޕީއެސްޖީ އާއި ޗެލްސީ ވާދަކުރަން ޖެހިއްޖެ

ހަސަން ޝަމްއޫން

logo

2/27/2026, 4:29:15 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު

....

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ޕްރެމިއާ ލީގުގެ މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހުނުއިރު. އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން ޗެލްސީ އާއި ވާދަކުރަން ޖެހިއްޖެއެވެ.

PNC MID 2

ސިޓީ އާއި ރެއާލުން މިސިޒަނުގެ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ވެސް ވާދަކޮށްފައިވާއިރު، ފާއިތުވި ހަ އަހަރު ޗެމްޕިއަންސް ލީގުގައި މި ދެ ޓީމުން ވަނީ 11 ފަހަރު ވާދަކޮށްފަ އެވެ. މީގެ އިތުރުން މިދެޓީމު މިހާތަނަށް ޖުމްލަ 17 ފަހަރު ވާދަކޮށްފައިވާއިރު، އޭގެ ތެރެއިން ހަތް މެޗުން ރެއާލް މެޑްރިޑް މޮޅުވިއިރު މެންޗެސްޓާ ސިޓީ މޮޅުވެފައިވަނީ ހަ މެޗުން ނެވެ. އަދި އަނެއް ހަތަރު މެޗު ނިމިފައިވަނީ އެއްވަރުވެގެންނެެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީ އިން ދެވަނަ ބުރުގައި ވާދަކުރަން ޖެހުނީ މިދިޔަ އަހަރުގެ އެމެރިކާގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި އެ ޓީމު ބަލިކުރި ޗެލްސީ އެވެ. އަދި މި ދެ ޓީމު މީގެ ކުރިން 11 ފަހަރު ވާދަކޮށްފައިވާއިރު އޭގެ ތެރެއިން ހަތަރު މެޗުން ޗެލްސީ މޮޅުވިއިރު، ޕީއެސްޖީ މޮޅުވެފައިވަނީ ތިން މެޗުންނެވެ. އަނެއް ހަތަރު މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުގެ ހަ ޓީމެއް މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ވާދަކުރާއިރު، ލީގު ބުރުގެ ހުރިހާ މެޗަކުން މޮޅުވި އާސެނަލުން އިން ވާދަކުރަން ޖެހޭނީ ބަޔާ ލެވަކޫސަންއާ އެެވެ. ނިއުކާސަލް ޔުނައިޓެޑުން ބާސެލޯނާއާ ކުޅޭއިރު، މި ދެ ޓީމު ލީގު ބުރުގައި ކުޅުނު މެޗުން ނިއުކާސަލް ދަނޑުގައި ބާސެލޯނާ ވަނީ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. އަދި ޓޮޓެންހަމް ހޮޓްސްޕާސް އިން ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ އެެވެ.

ނޮކައުޓް ޕްލޭއޮފްގައި ބޮރޫޝިއާ ޑޯޓްމަންޑް ކަޓުވާލި އެޓަލަންޓާ އިން ދެވަނަ ބުރުގައި ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނައިރު، ލިވަޕޫލުން ނުކުންނާނީ ޔުވެންޓަސް ކަޓުވާލި ގަލަތަސަރާއިއާ ދެކޮޅަށެވެ. ގަލަސަތަރާއި އިން ވަނީ މިފަހަރުގެ ލީގު ބުރުގައި ލިވަޕޫލް ބަލިކޮށްފައެވެ.

މީގެ އިތުރުން 34 އަހަރަށް ފަހު ޔޫރަޕްގެ ކްލަބް މުބާރާތެއްގެ ނޮކްއަޓް ބުރުން ފެނިގެންދާ ނޯވޭގެ ފުރަތަމަ ކްލަބް، ބޯޑޯ/ގިލްމްޓް އިން ދެވަނަ ބުރުގައި ނުކުންނާނީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާ ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC