logoEN
PNC TOP 3
ބާޒާރުގައި އޮރެންޖްގެ އަގުތައް ތިރިވެއްޖެ

ބާޒާރުގައި އޮރެންޖްގެ އަގުތައް ތިރިވެއްޖެ

# އޮރެންޖް# ލޯކަލް މާރުކޭޓު# އެސްޓީއޯ

-

ބާޒާރުގައި އޮރެންޖްގެ އަގުތައް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެއް އަގަކަށް ތިރިވެއްޖެ އެވެ.

PNC MID 2

އޮރެންޖް ޝިޕްމެންޓެއް ލަސްވުމާ ގުޅިގެން މި ރޯދަމަހުގައި ބައެއް ގޮޅިތަކުގައި އޮރެންޖްގެ އަގުތައް ވަނީ ވަރަށް ބޮޑުވެފަ އެވެ.

މިފަހަރު އަގުތަކަށް އައިބަދަލަކީ ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި ގޮންޖެހުމަކަށްވީ ނަމަވެސް މިހާރު ލަސްވެފައިވާ ޝިޕްމަންޓްތައް ވަނީ ބާޒާރަަށް ނެރިފަ އެވެ. އަދި ސްރީލަންކާގެ ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ ގެނައުމަށްވެސް ލަސްތަކެއް ދިމާވެފައިވެ އެވެ.

މީގެއިތުރުން އޮރެންޖް ގެނައުމުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވަނީ މިސްރާއި ދެކުނު އެފްރިކާ ފަދަ އޮރެންޖް އެކްސްޕޯޓްކުރާ ގައުމުތަކުން މުދާ ލިބުން ދަތިވުމާ ގުޅިގެންނެވެ. އަދި މިކަމުގެ ސަބަބުން އެފްރިކާގެ ބަނދަރުތައް ތޮއްޖެހުމުގެ އިތުރުން ކޭޕް އޮފް ގުޑް ހޯޕް މަގުން އުޅަނދުފަހަރު ދަތުރުކުރަން ޖެހުމުގެ ސަބަބުން މުދާ ލިބުމަށް ހޭދަވާ ވަގުތު ވަނީ އިތުރުވެފަ އެވެ.

ރައްޔިތުން އޮރެންޖްގެ އަގުތައް ބޮޑުވުމާ ގުޅިގެން ޝަކުވާ ކޮށްފައިވާއިރު، ބައެއް ވިޔަފާރިވެރިން ބުނެފައިވަނީ އޮރެންޖްގެ އަގުތައް ބޮޑުވެގެން ދިޔައީ ކޭހުގެ އަގުވެސް ބޮޑުވެގެން ކަމަށެވެ.

ނަމަވެސް މިހާރު އޮރެންޖް ލިބެން ފެށުމާއެކު ކޭސް ލިބެމުންދާ އަގުވެސް ވަނީ ހެޔޮ ވެފައެވެ. އެގޮތުން މީގެ ކުރިން 10ރ. އާއި 16ރ. އަށް ލިބެން ފެށި އޮރެންޖުގެ އަގު މިއަދު ވަނީ 6ރ. އާއި 7ރ. އަށް ތިރިވެފަ އެވެ.

ބާޒާރުގައި މި އަގުގައި އޮރެންޖެ ވިއްކަމުން ދިޔައިރުވެސް އެސްޓީއޯއިން ދިޔައީ އޮރެންޖްގެ އަގުތައް އެއްވަރެއްގައި ހެޔޮކޮށް ހިފަހައްޓައިގެން، އެއްވެސް ކޮންޓްރޯލްކުރުމަކާ ނުލާ ވިއްކަމުންނެވެ. އަދި އެސްޓީއޯގެ ހުރިހާ އައުޓްލެޓަކުންވެސް ބޭނުން ވަރަކަށް ރީޓެއިލްކޮށް އޮރެންޖް ވިއްކާފައިވެ އެވެ.

މިގޮތުން އެސްޓީއޯއިން އޮރެންޖު ކިލޯއެއް 40ރ. ގެ ރޭޓުން ލިބޭނެ އެވެ. މިއާއެކު އެއް އޮރެންޖެއްގެ އަގު ޖެހޭނީ 5.7ރ. އާއި 6.7ރ. ދެމެދަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC