logoEN
PNC TOP 3
ނެޓްބޯޅަ: ކްއީންސް، ޑައިމަންޑްސް އަދި އެފްއެސްސީ ފަޔަރ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ނެޓްބޯޅަ: ކްއީންސް، ޑައިމަންޑްސް އަދި އެފްއެސްސީ ފަޔަރ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

2/23/2026, 10:26:15 PM

# ދިވެހި ކުޅިވަރު # މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026

އެފްއެސްސީ ޑައިމަންޑްސް އާއި ފޯ ދަ ވައިބްސް ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ އޯޕަން ކެޓަގެރީގައި މިރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ކްއީންސް، އެފްއެސްސީ ޑައިމަންޑްސް އަދި އެފްއެސްސީ ފަޔަރ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

PNC MID 2

މުބާރާތުގެ އޯޕަން ކެޓަގެރީގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ އެފްއެސްސީ ފަޔަރ އަދި އެފްއެސްސީ ޔުނިކޯން އެވެ. މިމެޗު ވާދަވެރި ކުޅުމަކަށްފަހު 7-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްއެސްސީ ފަޔަރ އިންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްއެސްސީ ފަޔަރގެ ލައިބާ ވާސިފް ވަހީދު އެވެ.

މިރޭގެ ދެވަނަ މެޗުގައި އެފްއެސްސީ ޑައިމަންޑްސް އާއި ފޯ ދަ ވައިބްސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ހޯދި އެއްޕޮއިންޓާއެކު 4-3 ގެ ނަތީޖާއަކުން އެފްއެސްސީ ޑައިމަންޑްސް މެޗު ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަރިޔަމް އާޔާ ބިންތް ޝުޖާއު އަހުމަދު އެވެ.

މިރޭގެ ތިންވަނަ މެޗުގައި ކުއީންސް އާއި ކުލަބު ހުޅު ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޕޮއިންޓްގެ ލީޑަކާއެކު ކުއީންސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ހޯދި އެއްޕޮއިންޓާއެކު 3-0 ގެ ނަތީޖާއަކުން ކުއީންސް މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ޝާހިޔާ އާދަމް އެވެ.

23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ސީނިއާ ކެޓަގެރީގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC