
ނެޓްބޯޅަ: ވާދަވެރި ކުޅުމަކަށްފަހު ފްލަޔާސް އިން ޝޫޓާސް ބަލިކޮށްފި
# މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026# ދިވެހި ކުޅިވަރުޝޫޓާސް އާއި ހައި ފްލަޔާސް ވާދަކުރި މެޗުގެ ތެރެއިން..
މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026 ގެ ސީނިއާ ކެޓަގެރީގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 5-6 ގެ ނަތީޖާއަކުން ޝޫޓާސް ބަލިކޮށް ހައި ފްލަޔާސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މުބާރާތުގެ ސީނިއާ ޑިވިޝަންގައި މިރޭ ހަތަރު މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ހައި ފްލަޔާސް އަދި ޝޫޓާސް އެވެ. މިމެޗު ވާދަވެރި ކުޅުމަކަށްފަހު 6-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހައި ފްލެޔާސް އިންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހައި ފްލަޔާސްގެ ކައިލީން އެވެ.
މިރޭގެ ދެވަނަ މެޗުގައި ނިންޖާސް އާއި ފަލްކަން ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ޕޮއިންޓްގެ ލީޑަކާއެކު 4-1 ގެ ނަތީޖާއަކުން ނިންޖާސް ކުރީގައި އޮވެެގެންނެވެ. އަދި ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗު ނިންޖާސް އިން ކާމިޔާބުކުރީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 7-3 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިންޖާސްގެ ފާތުމަތު ޝާލިނީ އަހުމަދު އެވެ.
މިރޭގެ ތިންވަނަ މެޗުގައި ދަ ބޯލްޓްސް އާއި އެޓޭކާސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ތިން ޕޮއިންޓްގެ ލީޑަކާއެކު 4-1 ގެ ނަތީޖާއަކުން ދަ ބޯލްޓްސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބޯލްޓްސް އިން އިތުރު ފަސް ޕޮއިންޓް ހޯދިއިރު، މިހާފުގައި އެޓޭކާސްއަށް ކާމިޔާބުކުރެވުނީ އެންމެ ޕޮއިންޓެކެވެ. މިއާއެކު 9-2 ގެ ނަތީޖާއަކުން ދަ ބޯލްޓްސް މެޗު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލައިލީ ސަލީމް އެވެ.
މިރޭގެ ހަތަރުވަނަ މެޗުގައި ވޯރިއާސް އާއި ފައިޓާސް ވާދަކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ޕޮއިންޓްގެ ލީޑަކާއެކު ފައިޓާސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ފައިޓާސް އިން އިތުރު ހަތަރު ޕޮއިންޓް ހޯދިއިރު، މިހާފުގައި ވޯރިއާސް އިން ވެސް ވަނީ ދެ ޕޮއިންޓް ހޯދާފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިޓާސްގެ އަމްސާ އަބްދުﷲ ހަނީފް އެވެ.
23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ސީނިއާ ކެޓަގެރީގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.
ގުޅުންހުރި

ނެޓްބޯޅަ: ކްއީންސް، ޑައިމަންޑްސް އަދި އެފްއެސްސީ ފަޔަރ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ނެޓްބޯޅަ: ވާދަވެރި ކުޅުމަކަށްފަހު ފްލަޔާސް އިން ޝޫޓާސް ބަލިކޮށްފި

ނެޓްބޯޅަ: ނެޓް ނިންޖާސް ބަލިކޮށް ޕަވާ ޕަފް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

.gif&w=3840&q=75)



