logoEN
PNC TOP 3
ނެޓްބޯޅަ: ނެޓް ނިންޖާސް ބަލިކޮށް ޕަވާ ޕަފް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ނެޓްބޯޅަ: ނެޓް ނިންޖާސް ބަލިކޮށް ޕަވާ ޕަފް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

2/23/2026, 7:53:17 PM

# ދިވެހި ކުޅިވަރު # މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026

ޕަވާ ޕަފް އާއި ނެޓް ނިންޖާސް ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ މައިލޯ ރަމަޟާން ހާފްކޯޓް ނެޓްބޯޅަ ޗެލެންޖް 2026ގެ ކުޅުން މިރޭ ފެށިއިރު، މުބާރާތުގެ ޖޫނިއާރ ކެޓަގެރީގައި ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ނެޓް ނިންޖާސް ބަލިކޮށް ޕަވާ ޕަފް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

PNC MID 2

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިފެންދިޔައިރު، މިހާފުގެ ކުޅުން ނިމިގެންދިޔައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ޕޮއިންޓެއް ސްކޯ ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ދެޓީމުން ވެސް ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިހާފުގައި ޕަވާ ޕަފް އިން ދެ ޕޮއިންޓް ކާމިޔާބުކުރިއިރު، ނެޓް ނިންޖާސް އިން ވެސް އެެއްޕޮއިންޓް ހޯދިއެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕަވާ ޕަފްގެ ފާތުމަތު އާޔާނީ އެވެ.

23 ފެބުރުއަރީ 2025 އިން 05 މާރިޗު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޖޫނިއަރ ކެޓަގެރީގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެމެޗު ކުޅުމަށްފަހު ބައިވެރި ހަތަރު ޓީމުގެ މެދުގައި ސެމީފައިނަލް ދެމެޗު ކުޅޭގޮތަށެވެ.

އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގުބުރުގެ ދެވަނަ ޓީމު ވާދަކުރަންޖެހޭނީ ލީގުބުރުގެ ތިންވަނަ ޓީމައި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC