
-
ރަމަޟާން މަހަށް ހާއްސަކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ރޯދަ މާރުކޭޓު ހުޅުވައިފިއެވެ.

އެޗްޑީސީން ބުނީ މިއީ، މި ރަމަޟާން މަހުގެ ތެރޭގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޑީސީން ތަރައްގީކުރައްގީކުރި މާރުކޭޓެކެވެ.
އެގޮތުން އެ މާރުކޭޓުން، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ލިބެން ހުންނާނެއެވެ.
ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާގޮތަށް، އެ މާރުކޭޓު ގާއިމްކޮށްފައިވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގައެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަނީ ހުޅުމާލެއަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ލިބެން ހުންނަ އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށެވެ.
ގުޅުންހުރި

"މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ މަގުތައް ފޮގް ކުރަން ފަށައިފި

ވަކިބަޔަކަށް މަންފާވާގޮތަށް ޕާކިން ސްލޮޓްތައް ދޫކުރާކަމަށް ބުނާ ވާހަކަތައް އެޗްޑީސީން ދޮގުކޮށްފި

އެޗްޑީސީން ކުޅުދުއްފުށީގައި އިމާރާތްކުރާ 2000 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފި




