
-
ހުޅުމާލޭ ފޭސް 1 ގެ ކުރެދިމާ ހިނގުން އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފި އެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއް ގުޅުވައިދޭ ބްރިޖު 2 އަދި 3 އާ ދޭތެރޭ އޮންނަ ސަރަހައްދު (ކުރެދިމާ ހިނގުން) އަކީ އެއްކޮޅަށް ދުއްވޭ މަގަކަށް މިއަދުން ފެށިގެން ބަދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ބަދަލު ގެންނަން ނިންމީ، އެ ސަރަހައްދުގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެން، މަގުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށާއި އެގޮތުން، އެ މަގަކީ ހުޅަނގަށް ދަތުރުކުރެވޭ ގޮތަށް އޮންނަ އެއްކޮޅަށް ދުއްވާ (ވަން-ވޭ) މަގަކަށް މިހާރު ބަދަލުކުރެވިފައިވާކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް، އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކީން ޚާއްސަކޮށް ރޯދަމަހު ބާރުބޮޑުވާ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންވެސް އަންނަނީ ހުޅުމާލޭގައި ހަރަކާތްތެރިވަމުންނެވެ.
ގުޅުންހުރި

"މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ މަގުތައް ފޮގް ކުރަން ފަށައިފި

ވަކިބަޔަކަށް މަންފާވާގޮތަށް ޕާކިން ސްލޮޓްތައް ދޫކުރާކަމަށް ބުނާ ވާހަކަތައް އެޗްޑީސީން ދޮގުކޮށްފި

އެޗްޑީސީން ކުޅުދުއްފުށީގައި އިމާރާތްކުރާ 2000 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފި




