logoEN
PNC TOP 3
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އަހުމަދު ޝުރާއު

logo

2/18/2026, 8:43:23 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

PNC MID 2

މި ފެބުރުވަރީ މަހުގެ 17 ވަނަ ދުވަހު ނައްތާލާފައިވަނީ 126 ފުޅި ބަނގުރަލާއި 122 ދަޅު ބިޔަރެވެ.

މި ތަކެއްޗަކީ 2025 ޑިސެމްބަރު 31 އިން 2026 ފެބުރުވަރީ 15 އަށް، ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެވެ.

މި ތަކެތި ނައްތާލާފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC