logoEN
PNC TOP 3
ބަނގުރާ ގެންގުޅެ ވިޔަފާރިކުރަމުންދިޔަ ރަހްމާނުއާއި ފަރުހާދު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ ވިޔަފާރިކުރަމުންދިޔަ ރަހްމާނުއާއި ފަރުހާދު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

2/17/2026, 10:13:39 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

PNC MID 2

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލަމް ފަރްހާދް، ބަންގްލަދޭޝް (35އ) އާއި އަބްދުއް ރަހްމާން، ބަންގްލަދޭޝް (35އ) އެވެ. މި ދެ މީހުންނަކީ ވެސް އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ދެ މީހުންނެވެ. ދެ މީހުން ވެސް މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މި މަހު 16 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC