
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި އަފްލަޙު ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ. ޚައިރާތު / މާލެ، ޢަލީ އަފްލަޙު (27އ) އެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައުލީމުގެ ހިދުމަތް ދެމުން އަންނަ ބްރައިޓް މައިންޑްސް ކުންފުނީގެ ކުރީގެ ވެރިޔާއެވެ.
އަފްލަޙު ހައްޔަރުކޮށްފައިވަނީ 2026 ފެބްރުއަރީ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އަނބުރާ ރާއްޖެ އައުމުންނެވެ.
ޢަލީ އަފްލަޙުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ބަނގުރާ ގެންގުޅެ ވިޔަފާރިކުރަމުންދިޔަ ރަހްމާނުއާއި ފަރުހާދު ހައްޔަރުކޮށްފި

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި އަފްލަޙު ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ވޭޕް ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު އަތުލައިގަނެ އިމިގްރޭޝަނާ ހަވާލުކޮށްފި

.gif&w=3840&q=75)



