
-
މާލޭގައި ފެށި ފަދަ ޓެކްސީ ލައިނެއް މި އަހަރުތެރޭ އައްޑޫ ސިޓީގައި ސަރުކާރުން ތައާރަފުކުރާނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އައްޑޫގައި މި އަހަރުތެރޭ ޓެކްސީ ލައިންގެ ޚިދުމަތް، މާލޭގައިވެސް ފެށި ގޮތަށް ތައާރަފުކުރާނެ ކަމަށެވެ.
އެގޮތުން އައްޑޫ ރައްޔިތުން ވެސް ތިބީ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވެފައި ކަމަށާއި، އެހެންވެ، ސަރުކާރުން އެ މަސައްކަތްކުރަމުން އަންނަ ކަން އަމީން ހާމަކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ މާލޭގައި މިރޭ މި އިފްތިތާހުކުރެވުނު ފެންވަރުގައި މިކަހަލަ، ހަމަ މި ފެންވަރުގައި މިގޮތަށް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި އަހަރު ތެރޭގަ އައްޑޫ ސިޓީގަ ޓެކްސީގެ ޚިދުމަތް ގާއިމުވެގެން ދާނެ،" އޭނާ ވިދާޅުވިއެވެ.
މިރޭގެ ވާހަކަފުޅުގައި އަމީން ވިދާޅުވީ "މާލެ ޓެކްސީ ލައިން"ގެ ޚިދުމަތަކީ، ރައްޔިތުންނަށް ފަސޭހަ، ރައްކާތެރި، އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކޮށް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ރޭވިފައިވާ ބަދަލުތަކުގެ ތެރެއިން މުހިންމު އެއް ފިޔަވަޅުކަމަށެވެ.
ރައީސްގެ އެންމެ މުހިންމު އެއް ސިޔާސަތިކީ، ޢާންމު ރައްޔިތުންނަށް ދަތިވާ، ޙައްލުކުރަންޖެހޭ މިފަދަ މަސައްލަތައް ޙައްލުކޮށްދެއްވުންކަމަށާއި މިގޮތުން ޓެކްސީގެ ޚިދުމަތް އިތުރަށް ރަނގަޅުކޮށްދެއްވުމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމަށް އަމީން ވިދާޅުވިއެވެ.
ގުޅުންހުރި

މިއަހަރުގެ ތެރޭގައި އައްޑޫގައި ވެސް ސަރުކާރުން ޓެކްސީ ލައިނެއްގެ ޚިދުމަތް ފަށަނީ

ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއަރލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފި - އަމީން

ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި

.gif&w=3840&q=75)



