
-
ކުރިޔަށް އޮތް ރަމަޟާން މަހު ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައި މިއަދު ރަސްމީކޮށް އާންމުކޮށްފި އެވެ.

އެޗްޑީސީން މިއަދު ބުނީ ކުރިޔަށް އޮތް ރަމަޟާން މަހު އެކުންފުނީގެ ކަސްޓަމަރ ކެއާގެ އިންފޮމޭޝަން ކައުންޓަރުތަކުން ހިދުމަތް ދިނުމަށް ކަނޑައަޅާފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 14:00 އަށް ކަމަށެވެ. އަދި ފައިނޭންސް ކައުންޓަރުތަކުގެ ހިދުމަތް ލިބޭނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:15 އިން 13:30 ގެ ނިޔަލަށް ކަމަށެވެ.
މީގެ އިތުރުން އެކުންފުނީގެ ކޯލް ސެންޓަރުތައް ކޮންމެ ދުވަހެއްގެ 18:00 އާއި 19:00 އާއި ދެމެދު އާއި ކޮންމެ ހުކުރު ދުވަހެއްގެ 12:30 އާއި 13:30 އާއި ދެމެދުގެ ވަގުތުތަކުގައި ބަންދުވާނެކަންވެސް ވަނީ އެޗްޑީސީން ހާމަކޮށްފައެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށޭނެ ކަމަށް ބޮޑަށް ބެލެވެނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ރަމަޟާން މަހަށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަތައް ހޯދައިދިނުމަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް ދަނީ މިހާރުވެސް ކުރަމުންނެވެ.
ގުޅުންހުރި

"މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ މަގުތައް ފޮގް ކުރަން ފަށައިފި

ވަކިބަޔަކަށް މަންފާވާގޮތަށް ޕާކިން ސްލޮޓްތައް ދޫކުރާކަމަށް ބުނާ ވާހަކަތައް އެޗްޑީސީން ދޮގުކޮށްފި

އެޗްޑީސީން ކުޅުދުއްފުށީގައި އިމާރާތްކުރާ 2000 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފި




