
އުމޭރަކީ ޓީޓީގައި ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދި ކުޅުންތެރިޔެއް، ސިޔާސީ ކުރުން ބަލައިނުގަނެވޭ - ވަހީދު
# ރައީސް މުއިއްޒު-
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމޭރު މުހައްމަދު މުއިއްޒު، މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވުމާ ގުޅިގެން އެކަން ސިޔާސީ ނުކުރުމަށް ރައީސްގެ އާއިލާގެ ފަރާތުން ބޭބޭފުޅު މުހައްމަދު ވަހީދު އިލްތިމާސްކުރައްވައިފި އެވެ.

ގާފު ނޫހަށް މިރޭ ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަހީދު ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ކުއްޖަކު ކާމިޔާބީ ހޯދަނީ އެ ކުއްޖަކު ކުރާ ބުރަ މަސައްކަތަކުން ކަމަށާއި، އެކަމުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. ވަކީން ހާއްސަކޮށް އުމުރުން 17 އަހަރު ނުފުރޭ ކުޑަކުއްޖަކަށް އަމާޒުކޮށް، ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ އެ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަސަރުކުރާނެ ކަމެއްކަން ވަހީދު ފާޙަގަކުރެއްވި އެވެ.
ރައީސްގެ ދަރިކަލުން އުމޭރަކީ ޓޭބަލް ޓެނިސްގައި އަމިއްލަ ހުނަރުން ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދާފައިވާ ކުޅުންތެރިއެއްކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ އުމޭރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވެގެން ގޮސްފައިވަނީ 2024 ވަނަ އަހަރު ކުޅިވަރުގެ މައިދާނުގައި ދައްކާފައިވާ މޮޅު ކުޅުމުގެ ސަބަބުން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީ ލިބުނު ފުރުސަތެއް ނޫން ކަމަށެވެ.
އަދި ކުރީގެ ސަރުކާރުން ހިންގި "އަރުތަ" ޕްރޮގްރާމުގައި ވެސް އުމޭރު ހިމެނި ތަމްރީންވިކަން ފާހަގަކުރައްވަމުން ވަހީދު ވަނީ މިހާރުވެސް އުމޭރު ޓީޓީ ތަމްރީނުތައް ގަވާއިދުން ފުރިހަމަކޮށް ގައުމީ މުބާރާތްތަކުގައިވެސް ވާދަކުރާކަން ހާމަކޮށްފައެވެ.
ކުދިންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި އެކަންކަން ސިޔާސީ ހަތިޔާރަކަށް ނެހެދުމަށް ވަހީދު ވަނީ އިލްތިމާސްކުރައްވާފައި އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025 އަށް ނޮމިނޭޓްވަނީ 2024 ވަނަ އަހަރުގައި ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކުންވެސް އެންމެ ރަނގަޅަށް ޕާފޯމް ކުރާ އެތުލީޓުންނެވެ. މިކަމާއި ގުޅިގެން ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނެފައިވަނީ ނޮމިނޭޝަނަށް ފޮނުވި އެތުލީޓުންނަކީ 2024ވަނަ އަހަރުގެ ޕާފޮމެންސަށް ބަލައި ނޮމިނޭޓްކޮށްފައިވާ އެތުލީޓުންނެވެ. އެގޮތުން ރައީސް މުއިއްޒުގެ ދަރިކަލުން އުމޭރު ނޮމިނޭޓްކޮށްފައިވަނީވެސް 2024 ވަނަ އަހަރު އުމޭރު ހޯދާފައިވާ ކާމިޔާބީތަކަށް ރިޔާޔަތްކޮށް އެހަރުގެ އެންމެ އުންމީދޫ އެތްލީޓުންގެ ކެޓަގަރީންނެވެ.
ގުޅުންހުރި

އުމޭރަކީ ޓީޓީގައި ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދި ކުޅުންތެރިޔެއް، ސިޔާސީ ކުރުން ބަލައިނުގަނެވޭ - ވަހީދު

ބަންގްލަދޭޝް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ބީއެންޕީއިން ހޯދި ކާމިޔާބީ އަށް ރައީސް މަރުހަބާ ދަންނަވައިފި

ޖަރުމަނު ވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތް ކުރައްވައިފި

.gif&w=3840&q=75)



