
ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި ހާދިސާ: އަނިޔާ ލިބުނު މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް!
# ސްޓެލްކޯ# އަނިޔާ# އަލިފާނުގެ ހާދިސާސްޓެލްކޯ
ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި ހާދިސާގައި އަނިޔާ ލިބުނު މުވައްޒަފަށް އިތުރު ފަރުވާ ދިނުމަށް ބެންކޮކަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި އެ ކުންފުނީގެ މުވައްޒަފު ވަނީ އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށެވެ.
އެ ކުންފުނިން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ވަނީ ދުޢާއަކީ މުވައްޒަފަށް އަވަސް ޝިފާއެއް ލިބި، އަލުން ހެޔޮ ހާލުގައި ވަޒީފާއަށް ނިކުމެވުމުގެ ތައުފީޤު މާތް ﷲ ދެއްވެވުމަށް އެދިފައެވެ.
މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ވަނީ މި ނާޒުކު ޙާލަތުގައި، އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ ޢަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މަޢުލޫމާތު ފެތުރުމުންވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަން ހާމަކޮށް ސްޓެލްކޯއިން ވަނީ މި ހާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދެމުން އަންނަކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އަނިޔާވި މުވައްޒަފުގެ ސިއްޙީ ޙާލަތާއި ގުޅޭ މަޢުލުމާތު ލިބެމުންދާވަރަކުން ރަސްމީ އިދާރާތަކުންނާއި އެ ކުންފުނީގެ ފަރާތުން ހާމަކުރާނެކަން ވަނީ ހާމަކޮށްފައެވެ.
ގުޅުންހުރި

ދިގުރަށު އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް ނިޔާވުން: އެޗްއާރްސީއެމުންވެސް މައްސަލަ ބަލަނީ

ދިގުރަށު އަލިފާނުގެ ހާދިސާ: މާލެ ގެނައި ދެމީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

އަލަށް ހަވާލުވި ހުރާގެ އިންޖީނުގެއާއި، ފެން ޕްލާންޓްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ސްޓްލެކޯގެ އިސްވެރިން އެރަށަށް!

.gif&w=3840&q=75)



