އެސޯސިއޭޝަން ޗެމްޕިއަންޝިޕް އެތްލެޓިކްސް މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ޑީއެސްސީއަށް
# ދިވެހި ކުޅިވަރު # މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އެތްލެޓިކްސް މުބާރާތްއެސޯސިއޭޝަން ޗެމްޕިއަންޝިޕް އެތްލެޓިކްސް މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމު ދިވެހި ސިފައިންގެ ކުލަބު.. ފޮޓޯ: ގާފު ސްޕޯޓްސް / އަހުމަދު ރީހާން
13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އެތްލެޓިކްސް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ކާމިޔާބު ކުރިއިރު އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ހޯދައިފިއެވެ.

12 ފެބްރުއަރީ 2026 އިން 14 ފެބްރުއަރީ 2026 ގެ ނިޔަލަށް ކުޅިވަރު އެކުވެނީ ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ، މިމުބާރާތުގައި މިއަހަރު 17 ޓީމަކުން ޖުމްލަ 236 އެތްލީޓުން ވާދަކޮށްފައިވާއިރު، މިމުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ނަސީރު ސްޕޯޓްސް ކުލަބުންނެވެ. އަދި 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދާފައި ވަނީ ޝަރީފް ސްޕޯޓްސް ކުލަބެވެ.
މުބާރާތުގެ އޯޕަން ކެޓަގެރީގެ ފިރިހެން ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު ( ޑީއެސްސީ) އިން ކާމިޔާބުކުރިއިރު، މިއީ މިމުބާރާތުގެ ޗެމްޕިއަންކަން އެކުލަބުން ހޯދި ހަވަނަ ފަަހަރެވެ. އެގޮތުން 2009، 2022، 2023، 2024، 2025 އަދި 2026 ގެ ޗެމްޕިއަންކަން ޑީއެސްސީ އިން ހޯދާފައިވާއިރު، މިމުބާރާތުގެ އޯޕަން ކެޓަގެރީގެ އަންހެން ޗެމްޕިއަންކަން ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އިންނެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމު އައިމިނަތު އައުހާ އަބްދުލްރަޙްމާން ، (ސަރީފް ސްޕޯރޓްސް) ހޯދިއިރު. އައުހާ ވަނީ 100މ، 200މ، އަދި ލޯންގްޖަމްޕުން ގޯލްޑް މެޑަލް ހޯދުމުގެ އިތުރުން 200މ އަދި ލޯންގްޖަމްޕް އިވެންޓުން މީޓް ރެކޯޑް ހަދާފައެވެ. އަދި މުބާރާތުގެ 16 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތްލީޓުގެ މަގާމު އިބްރާހީމް މިގްދާމް ނަޒީމް (ނަސީރު ސްޕޯރޓްސް ކުލަބު) ހޯދިއިރު، މިގްދާމް ވަނީ 100މ އަދި ޓުރިޕަލް ޖަމްޕުން ގޯލްޑް މެޑަލް ހޯދުމުގެ އިތުރުން މި ދެ އިވެންޓުން ވެސް މީޓް ރެކޯޑް ހަދާފައެވެ.
މުބާރާތުގެ އޯޕަން ކެޓަގެރީގެ ފިރިހެން އެންމެ މޮޅު އެތްލީޓުގެ މަގާމު ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ސާއިދު ހޯދިއިރު، ސާއިދު ވަނީ 100މ އަދި 200މ ދުވުމުން ގޯލްޑް މެޑަލް ހޯދުމުގެ އިތުރުން 200މ ދުވުމުގެ މީޓް ރެކޯޑް ހަދާފައެވެ. އަދި މުބާރާތުގެ އޯޕަން ކެޓަގެރީގެ އަންހެން އެންމެ މޮޅު އެތްލީޓުގެ މަގާމު އައިޝަތު ޝާޔާ ޝަފީއު (ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން) ހޯދިއިރު، ޝާޔާ ވަނީ ޑިސްކަސް ތްރޯ އަދި ޝޮޓްޕުޓް އުކުމުން ގޯލްޑް މެޑަލް ހޯދުމުގެ އިތުރުން ޝޮޓްޕުޓް އުކުމުން މީޓް ރެކޯޑޯ ހަދާފައެވެ.
ގުޅުންހުރި

ގޯލްޑަން ފުޓްސަލް ޗެލެންޖް: ނައިވާދޫ ޗެމްޕިއަންކަން ހޯދިއިރު، މޮޅު ކުޅުންތެރިއަކީ ޔާމިން
އެސޯސިއޭޝަން ޗެމްޕިއަންޝިޕް އެތްލެޓިކްސް މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ޑީއެސްސީއަށް

.gif&w=3840&q=75)



