logoEN
Sto top
236 އެތްލީޓުންނާއެކު 13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަށައިފި

236 އެތްލީޓުންނާއެކު 13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަށައިފި

ހަސަން ޝަމްއޫން

logo

2/12/2026, 2:17:23 AM

# ދިވެހި ކުޅިވަރު # މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އެތްލެޓިކްސް މުބާރާތް

10000 މީޓަރު އަންހެން ދުވުންތެރިން..ފޮޓޯ: ގާފު ސްޕޯޓްސް / އަހުމަދު ރީހާން

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ 13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އެތްލެޓިކްސް މުބާރާތް މިއަދު ފަށައިފިއެވެ.

Wamco

12 ފެބްރުއަރީ 2026 އިން 14 ފެބްރުއަރީ 2026 ގެ ނިޔަލަށް ކުޅިވަރު އެކުވެނީ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު 17 ޓީމަކުން ޖުމްލަ 236 އެތްލީޓުން ވަނީ ބައިވެރިވެފައިވެއެވެ.

16 އަހަރުން ދަށާއި 16 އަހަރުން މަތީގެ އުމުރުފުރާ ހިމެނޭ ގޮތަށް އަންހެން އަދި ފިރިހެން ކެޓަގެރީގައި ޖުމްލަ 56 އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިމުބާރާތުގެ އިވެންޓުތައް ކޮންމެ ދުވަހެއްގައި ވެސް ދެ ދަންފަޅިއަކަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިއަދު ހެނދުނަށް ތާވަލުކުރެވިފައިވާ އިވެންޓްތަކުގެ ތެރޭގައި 16 އަހަރުން ދަށުގެ ފިރިހެން ފައިނަލް، 16 އަހަރުން މަތީގެ އަންހެން 5000 މީޓަރު ފައިނަލް، 16 އަހަރުން މަތީގެ ފިރިހެން ހައިޖަމްޕް ފައިނަލް، 16 އަހަރުން ދަށުގެ އަންހެން ޝޮޓްޕުޓް ފައިނަލް، 16 އަހަރުން މަތީގެ ފިރިހެން 5000 މީޓަރު ފައިނަލް، 16 އަހަރުން މަތީގެ އަންހެން ލޯންގްޖަމްޕް ފައިނަލް، 16 އަހަރުން ދަށުގެ އަންހެން ޖެވެލިންގް ފައިނަލް އަދި 16 އަހަރުން ދަށުގެ ޑިސްކަސް ތްރޯއިންގ ފައިނަލް ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC