logoEN
Sto top
ޕްރެޒިޑެންސް ކަޕް: ވާދަވެރި ކުޅުމަކަށްފަހު އީގަލްސް ބަލިކޮށް ނިއުރޭޑިއަންޓް ސެމީފައިނަލް ޔަގީންކޮށްފި

ޕްރެޒިޑެންސް ކަޕް: ވާދަވެރި ކުޅުމަކަށްފަހު އީގަލްސް ބަލިކޮށް ނިއުރޭޑިއަންޓް ސެމީފައިނަލް ޔަގީންކޮށްފި

ހަސަން ޝަމްއޫން

logo

2/13/2026, 12:35:15 PM

# ޕްރެޒިޑެންސް ކަޕް# ކުލަބު އީގަލްސް# ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު # ދިވެހި ކުޅިވަރު

ނިއު އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް 2 ގައި މިއަދު ހަވީރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ކުލަބް އީގަލްސް ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނިއު އިން މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، މިއީ ކުލަބު އީގަލްސް އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނިއުރޭޑިއަންޑް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑަ ސިލްވާ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު އީގަލްސް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސާމް ސަލީމް އެވެ.

މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އިބްރާހިމް މަހުދީ ގޯލް ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ނިއުރޭޑިއަންޓުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މެޗުގެ 56 ވަނަ މިނެޓުގައި ކެޕްޓަން އަލީ އަޝްފާގް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑަސިލްވާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑު ހޯދައިދީފައެވެ.

މީގެ އިތުރުން ވެސް މިހާފުގައި ނިއުގެ ލީޑު ފުޅާކުރުމަށް އެޓީމުގެ ކެޕްޓަން އަލީ އަޝްފާގްގެ އިތުރުން އަލީ ފާސިރު އަދި އަލް ހާޖީއަށް ވަނީ ވަރަށް ހުސް ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވިފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެޗުން ނިއުއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮޑި ސްޕޯޓްސް ކުލަބު އަތުން މޮޅުވެ ސެމީފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ކުލަބު އީގަލްސްއަށް އޮތްއިރު، އެމެޗު އެއްވަރުވެ ނުވަތަ އީގަލްސް ބަލިވެއްޖެނަމަ މިގުރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބޭނީ އޮޑި ސްޕޯޓްސް ކުލަބަށެވެ.8

ދިވެހިރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ގައުމީ މުބާރާތް، ޕްރެޒިޑެންޓްސް ކަޕް ނަމުގައި 2005 ގައި ބާއްވަން ފެށީ އެއްވަނަ ޑިވިޝަންގެ ގަދަ ހަތަރު ޓީމުގެ މެދުގަ އެވެ. އެއަށް ފަހު 2015 އިން ފެށިގެން އެކި ފޯމެޓްތަކަށް މުބާރާތް ބާއްވަމުން ގެންދިޔަ އިރު، އެންމެ ފަހު ދެ އަހަރު މުބާރާތް ބާއްވާފައި ވަނީ ސީޒަން ފެށުމުގެ ގޮތުން، ފުރަތަމަ ޑިވިޝަންގެ ހުރިހާ ޓީމެއް ކުޅޭ މުބާރާތެއްގެ ގޮތުގަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC