logoEN
PNC TOP 3
ރީ ރަޖިސްޓްރޭޝަން ކުރުމުގެ މުއްދަތު ހޯމަ ދުވަހަށް ހަމަވަނީ!

ރީ ރަޖިސްޓްރޭޝަން ކުރުމުގެ މުއްދަތު ހޯމަ ދުވަހަށް ހަމަވަނީ!

# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު# އިލެކްޝަންސް ކޮޮމިޝަން

-

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގުލިބިގެންވާ މީހުންގެ ތެރެއިން ވޯޓުލާތަން ބަދަލުކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

PNC MID 2

ވޯޓުލާތަން ބަދަލުކުރުމަށް ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިމަހުގެ 10ވަނަ ދުވަހު އެވެ. މި މުއްދަތު އަންނަ ހޯމަ ދުވަހުގެ މެންދުރު 15:00އާ ހަމަށް ހަމަވާއިރު މިއީ ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ.

އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މަރުކަޒާއި ފޮށީގެ މައުލޫމާތު ފަސޭހައިން ބަލާލެވޭނެ އިންތިޒާމްތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާަފައެވެ. އެގޮތުން VR ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް އައިޑީ ކާޑު ނަންބަރު ޖެހުމަށްފަހު 1414އަށް އާދައިގެ މެސެޖެއް ކޮށްލުމުން އެމީހަކު ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މަރުކަޒުގެ މައުލޫމާތު އެނގޭނެއެވެ. އަދި ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް މި މައުލޫމާތު ބަލާލެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އަމަލުކުރަމުން އައީ ކޮންމެ އިންތިހާބެއްގައިވެސް އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށެއްގައި ވޯޓުލުމުގެ ރަޖިސްޓްރީ އޮންނަ ގޮތަށެވެ. އެހެންވެ ގިނަ ބަޔަކު ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅަންޖެހެއެވެ. ނަމަވެސް ކޮމިޝަނުގެ ހިދުމަތްތައް ލުއިފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިހާރު ކޮންމެ މީހަކުވެސް ރަޖިސްޓްރީކޮށްފައިވަނީ އެ މީހަކު އެންމެ ފަހުން ބޭއްވި އިންތިހާބެއްގައި ވޯޓުލި މަރުކަޒަކަށެވެ. އެހެންވެ، ކައުންސިލް އިންތިޚާބުގައި ކޮންމެ މީހަކުވެސް ރަޖިސްޓްރީވެފައި އޮންނާނީ އެ މީހަކު މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލި މަރުކަޒުތަކުގައެވެ.

މިގޮތަށް އަމަލުކުރަން ފެށިނަމަވެސް، މަޖިލިސް އިންތިހާބުގައި ޖަލުތަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްތަކާއި ރިސޯޓުތަކާއި ބޭރު ގައުމުތަކުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެ މީހެއްގެ ދާއިމީ އެޑްރެސް އޮތް ރަށަކަށް ބަދަލުވާނެއެވެ. އަދި މިއަހަރު އަލަށް ވޯޓުލާ ފަރާތްތަކުގެ ރަޖިސްޓްރީވެސް އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށެއްގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC