
ހިންމަފުށީގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި
# ކ. ހިންމަފުށި-
ކ ހިންމަފުށީ އިންޖީނުގެ ގޭގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ ކ. ހިންމަފުށީ އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން، ފެނުގެ ކޮލިޓީ ޓެސްޓުކުރުމާއި ލެބޯޓްރީ މަސައްކަތްތަކަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ފެނުގެ ހިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތައް ހިފެހެއްޓުމަށް ބޭނުންވާ ފަންނީ ހުނަރާއި މަޢުލޫމާތު މުވައްޒަފުންނަށް ފޯރުކޮށްދީ، ޢާންމުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުން ކަމަށްވެސް އެކުންފުނީން ވަނީ ބުނެފައި އެވެ.
ސްޓެލްކޯއިން އަންނަނީ އެކުންފުނީގެ ހިދުމަތްތައް އިތުރަށް ވަރުގަދަ ކުރުމަށާއި ޒަމާނީ ކުރުމަށްޓަކައި ކުންފުނީގެ މުވައްޒަފުންނަށް ގިނަ ތަމްރީންތަކެއް އަބަދުވެސް ކުރިޔަށް ގެންދަމުންނެވެ.
ގުޅުންހުރި

ހިންމަފުށީގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ ފެންސުޖެހުމާއި ލައިޓިންގ ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ހުޅުމާލެއާއި ހިންމަފުށީގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ގާއިމްކޮށްފި





