
ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ ފެންސުޖެހުމާއި ލައިޓިންގ ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
# ކ. ހިންމަފުށި--
ކ. ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ފެންސާއި ލައިޓިން ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

މި މަޝްރޫއުއާއި ގުޅޭގޮތުން އެމްޓީސީން ބުނީ މި މަޝްރޫއުގެ ދަށުން، 100,000 އަކަފޫޓުގެ ފުޓްބޯޅަ ދަނޑުގެ ސަރަހައްދުގައި ވަށައިފާރު ރޭނުމާއި ވަށައި ފެންސެއް ޖެހުމާއި އަދި ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާކަން އެމްޓީސީސީން ވަނީ ހާމަކޮށްފައި އެވެ.
1,310 މީހުންގެ އާބާދީއެއް ދިރިއުޅޭ ކ. ހިންމަފުށީގައި ބިނާކުރެވޭ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެއްކޮށް ނިމުމާއިއެކު އެރަށު ރައްޔިތުންނަށް ހާއްސަކޮށް ޒުވާނުންނަށް އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ހުރީ ނުފެށި ނުވަތަ ކޮންމެވެސް ސަބަބަކާ ހެދި ހުއްޓިފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުނ،ް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމުށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
ގުޅުންހުރި

ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ ފެންސުޖެހުމާއި ލައިޓިންގ ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ހުޅުމާލެއާއި ހިންމަފުށީގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ގާއިމްކޮށްފި

ހިންމަފުށީ ބަނދަރު މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަަސައްކަތް ނިންމައިފި





