
ހުޅުމާލެއާއި ހިންމަފުށީގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ގާއިމްކޮށްފި
# ކ. ހިންމަފުށި--
މާލެ އަތޮޅުގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ހުޅުވައިފި އެވެ..

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންޑީއޭގެ ޗެއަރޕާސަން ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅޭ ޤާނޫނުގެ ދަށުން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުތަކެއް މިހާރު ވަނީ ގާއިމްކޮށްފައި ކަމަށެވެ. އެގޮތުން ކ. ހިންމަފުއްޓާއި ހުޅުމާލޭގައި ކަމަށް ލުބްނާ ވިދާޅުވިއެވެ.
ލުބްނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކުށުގެ ވެށިން ނެގުމަށް ފަހު ލާނެ މަރުކަޒެއް ހުރުމަކީ މުހިންމު ކަމެއް ކަމަށާއި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ އޮޕަރޭޝަންތައް ކުޑަކޮށް ފެށިނަމަވެސް ޖުލައި މަހުގެ ތެރޭގައި މީހުން ނަގަން ފަށާފައިވާ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ އޮޕަރޭޓް ކުރަން ފެށީ ހުޅުމާލޭގެ ސެންޓަރުގެ ޚިދުމަތް ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފޯރުކޮށްދޭ ފަރުވާގެ ނިޒާމު ބަދަލުކޮށް، ފަރުވާގެ ނިޒާމު ހަރުދަނާ ގޮތެއްގައި މަރުކަޒުގައި މިހާރު ހިންގަމުންދާކަމަށް އެންޑީއޭއިން ފާހަގަކުރައްވައެވެ.
ގުޅުންހުރި

ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ ފެންސުޖެހުމާއި ލައިޓިންގ ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ހުޅުމާލެއާއި ހިންމަފުށީގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ގާއިމްކޮށްފި

ހިންމަފުށީ ބަނދަރު މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަަސައްކަތް ނިންމައިފި





