
-
އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން ބާއްވާ ޚާއްސަ އާއިލީ ހަވީރެއް މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

އީސީން ބުނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، މިހާރު ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނަކަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ރީ-ރަޖިސްޓަރީ ކުރުމާގުޅޭ މަޢުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަ އާއިލީ ހަވީރެއް " ވޯޓަށް ތައްޔާރު" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މި އިވެންޓު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ފެބުރުވަރީ 13 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3 (ގާޑިޔާ ސަރަހައްދު) ގައެވެ.
މި އިވެންޓުގެ މައިގަނޑު މަޤްޞަދަކީ، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓު ދިނުމަށް ރަޖިސްޓަރީވުމަށް ހުޅުވާލުމާއެކު، މިކަމަށް މިކޮމިޝަނާއި އެހެން އިދާރާތަކާއި މުވައްސަސާތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރި ކުރުވުމެވެ. މި ހަވީރުގައި މި ކޮމިޝަނާއެކު، ދިވެހި ފުލުހުންގެ ޚިދުމަތް، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި އާއިލީ ހަވީރުގެ ތެރެއިން، އިންތިޚާބާގުޅޭ މަޢުލޫމާތު ދިނުމާއި ކޮމިޝަނުން ފޯރުކޮށްދޭ އެހެން ޚިދުމަތްތަކުގެ މަޢުލޫމާތާއި އޮފިޝަލުންނާއި ޓާސްކްފޯސް ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށްދެވިގެންދާނެއެވެ. އަދި އޯޑިއޯ މެސެޖާއި ފްލަޔަރސް މެދުވެރިކޮށް މިކަމާގުޅޭ މަޢުލޫމާތު ލިބިގެންދާނެއެވެ. އަދި މި އިވެންޓުގައި ބައިވެރިވާ ކުޑަކުދިންނަށް ތަފާތު ކުޅިވަރުތަކާއި، ވޯޓުލުމާއި، ވޯޓުލުމަށް ބޭނުންކުރާ ބައެއް ތަކެތީގެ މަޢުލޫމާތު ލިބި، ވޯޓުލުމަށް ޝައުޤުވެރިކަން އިތުރުވެގެންދާނެ ހަރަކާތްތައް ހިމެނިފައިވާނެއެވެ. އެގޮތުން މި އާއިލީ ހަވީރުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ފޭސް ޕެއިންޓިންގ، ބަބުލް ހައުސް، ބައުންސީ ކާސްލް، ކުލަޖެއްސުން، ވޯޓުލުން (ވޯޓިންގ ޕްރޮސެސް)، ޓޮސް ދަ ރިންގް، ޓިކް ޓެކް ޓޯ، ޖެލް ބްލާސްޓްގެ އިތުރުން ސްޓޭޖް ހަރަކާތްތައް ކުރިއަށް ދާނެއެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވާ ކުދިންނަށް އިނާމުވެސް ލިބިގެންދާނެއެވެ.
ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން، 2026 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ރީ-ރަޖިސްޓަރީ ވުމަށް އެދި ރީ-ރަޖިސްޓްރޭޝަން ޕޯޓަލް form.elections.gov.mv ނުވަތަ 'މައި ޕޯޓަލް' my.elections.gov.mv މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެއެވެ.
ގުޅުންހުރި

އިންތިހާބާ ގުޅުވައި އީސީން ބާއްވާ ޚާއްސަ އާއިލީ ހަވީރު މާދަމާ ހުޅުމާލޭގައި!

ކައުންސިލް އިންތިހާބު: ރީ-ރަޖިސްޓަރ ކުރުމަށް ހުޅުވައިފި

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އީސީއާއި ފުލުހުންނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
.webp&w=3840&q=75)




