
މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގެ މީޑިއާ ޕާޓްނަރަކަށް ގާފް ސްޕޯޓްސް
# މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026# ދިވެހި ކުޅިވަރު # ކ.ކާށިދޫގާފް މީޑިއާ ގުރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަހުމަދު (ކ) އަދި މިއީ ގުޅުމަކީ ސްޕޯޓްސް ކުލަބުގެ މީޑިއާ ކޯޑިނޭޓަރ ޝަމީލް އާދަމް.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން
އެމްޖީ ސްޕޯޓްސް ކުލަބާއި ބެންބޫ ގުޅިގެން ކ.ކާށިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ، "މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026" ގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ކުލަބު ހަމަޖައްސައިފިއެވެ.

މީޑިއާ ޕާޓްނަރާއެކު މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިޔާތުގައި ގާފް ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ ގާފު މީޑިއާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަހުމަދު އެވެ. އަދި މުބާރާތުގެ އިންތިޒާމް ކޮމެޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މީޑިއާ ކޯޑިނޭޓަރު ޝަމީލް އާދަމް އެވެ.
19 މާޗް 2026 ގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި އަށް ޓީމަކަށް ވާދަކުރުމުގެ ފުރުސަތުދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 10,000 އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
ގުޅުންހުރި

ވެޓަރަންސް ކަޕް: ޕޮލިސް ކަޓުވާލުމަށްފަހު ފައިނަލްގެ ފުރަތަމަ ޖާގަ ވިލިމާލެއަށް

އެޕްރީލް މަހުގެ ނިޔަލަށް ހޭންޑްބޯޅަ އިންޑޯ ކޯޓްގެ މަސައްކަތް ނިންމާލެވޭނެ : މުޖުތަބާ

.gif&w=3840&q=75)



