ޕްރެޒިޑެންޓްސް ކަޕް: ނިއު އާއި އޮޑީގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު
# އޮޑި ސްޕޯޓްސް ކުލަބު# ދިވެހި ކުޅިވަރު # ޕްރެޒިޑެންޓްސް ކަޕް# ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އަހުމަދު ރީހާން / ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް 2 ގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު ވާދަކުރި ފޯރިގަދަ މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނިއުރޭޑިއަންޓް އިންނެވެ. މިލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުލާއި ބިލިޓީ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ވަރުގަދަކޮށް ފެށީ އޮޑިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ނުވަ ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑަކީ ނިއުގެ އަހުމަދު އިނާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިހާފުގައި ރެފްރީގެ ގިނަ ނިންމުންތަކާއި ދެކޮޅަށް ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ނުރުހުން ފާޅުކޮށްފައިވާއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ސީދާ ޖާގައެއް ދިވެހި ޕްރިމިއާ ލީގުގެ 10 ޓީމުގެ ތެރެއިން ގަދަ ހަތަރު ޓީމަށް ލިބިފައި ވާއިރު، ރެލިގޭޓް ނުވެ އޮތް ދެ ޓީމު ފިޔަވައި އަނެއް ހަތަރު ޓީމަށް ވަނީ ޕްލޭއޮފްގެ ޖާގައެއް ދީފަ އެވެ. އަދި ޕްލޭއޮފް ކުޅެ ވިކްޓަރީ އާއި އީގަލްސް ވަނީ ގުރޫޕް ސްޓޭޖުން ޖާގަހޯދާފައެވެ.
ދެ ގުރޫޕްކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ގުރޫޕް 1 ގައި މާޒިޔާ އަދި ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ދެން ހިމެނެނީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. އަދި ގުރޫޕް 2 ގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސްގެ އިތުރުން ދެން ހިމެނެނީ އޮޑި ސްޕޯޓްސް ކްލަބެވެ.
ދިވެހިރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ގައުމީ މުބާރާތް، ޕްރެޒިޑެންޓްސް ކަޕް ނަމުގައި 2005 ގައި ބާއްވަން ފެށީ އެއްވަނަ ޑިވިޝަންގެ ގަދަ ހަތަރު ޓީމުގެ މެދުގަ އެވެ. އެއަށް ފަހު 2015 އިން ފެށިގެން އެކި ފޯމެޓްތަކަށް މުބާރާތް ބާއްވަމުން ގެންދިޔަ އިރު، އެންމެ ފަހު ދެ އަހަރު މުބާރާތް ބާއްވާފައި ވަނީ ސީޒަން ފެށުމުގެ ގޮތުން، ފުރަތަމަ ޑިވިޝަންގެ ހުރިހާ ޓީމެއް ކުޅޭ މުބާރާތެއްގެ ގޮތުގަ އެވެ.
ގުޅުންހުރި
ޕްރެޒިޑެންޓްސް ކަޕް: ނިއު އާއި އޮޑީގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު

ޕްރެޒިޑެންޓްސް ކަޕް: ވާދަވެރި ކުޅުމަކަށްފަހު މާޒިޔާ އިން ބުރު ބަލިކޮށްފި

މިއީ ގުޅުމަކީ ފުޓްސަލް ޗެލެންޖް 2026 ގެ މީޑިއާ ޕާޓްނަރަކަށް ގާފް ސްޕޯޓްސް





