logoEN
Sto top
އެމްޓީސީސީގެ މަސައްކަތް ވަރަށްވެސް ހަލުވި: ބާޒާރުމަތީ ސަރަހައްދުގައިވެސް ތާރު އަޅައި ނިންމާލައިފި

އެމްޓީސީސީގެ މަސައްކަތް ވަރަށްވެސް ހަލުވި: ބާޒާރުމަތީ ސަރަހައްދުގައިވެސް ތާރު އަޅައި ނިންމާލައިފި

އަހުމަދު ޝުރާއު

logo

2/11/2026, 11:56:23 AM

# އެމްޓީސީސީ

-

ބޮޑުތަކުރުފާނު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ބާޒާރުމަތި ހިމެނޭ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

Wamco

ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ ދަށުން ފުރަތަމަ ސެގެމެންޓުގެ ދަށުން ޖުމްހޫރީ މައިދާ ހިމެނޭ ސަރަހައްދު ތަރައްޤީކޮށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ އާންމުންނަށް ހުޅުވާލާފައި އެވެ. އަދި އެސަރަހައްދު ހުޅުވުމަށްފަހު ދެވަނަ ސެގްމެންޓުގެ ދަށުން ތަރައްޤީކުރަން ފަށާފައިވަނީ މާލޭގެ މަސް މާރުކޭޓު ހިމެނޭ ސަރަހައްދުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދުގެ މަސައްކަތެވެ.

މިގޮތުން ދެވަނަ ސެގްމެންޓުގައި ހިމެނޭ 260 މީޓަރުގެ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ރޭ އެމްޓީސީސީން ފެށި އިރު މިއަދު ހެނދުނަށް އެމަސައްކަތް ވަނީ އެއްކޮށް ނިންމާލާފައި އެވެ. އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި އެސަރަހައްދުގައި ދެން ކުރިޔަށްދާނީ މަގުގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި ބޯޑުތައް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ޔުޓިލިޓީ ނެޓްވޯކްގެ ބައެއް މަސައްކަތްތަކެވެ. މި ސެގްމެންޓުގައިވެސް މަގު ވަނީ އިތުރަށް ފުޅާކޮށްފައި އެވެ.

ބާޒާރުމަތީ ސަރަޙައްދުގެ މަގެ ހެދުމުގެ މަސައްކަތްތައް ފެށީ ޑިސެންބަރު މަހުގެ މެދުތެރޭގައެވެ. ކުރިއަށް މި އޮތް ރަމަޟާން މަހުގެ ކުރިން ބާޒާރު މަތީ ސަރަޙައްދުގެ މަގު، ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދެކެވެ.

9 އޭޕްރިލް 2025 ގައި އެމް.ޓީ.ސީ.ސީ. އާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ، ބޮޑުތަކުރުފާނު މަގު، ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ލިބި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC