
އައްސޭރި ޖަލުން ހިންމަފުށީ ސުކޫލަށް 130 ޑެސްކް ހަދިޔާކޮށްފި
# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް# ގައިދީންފޮޓޯ: ކަރެކްޝަން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން، ދިރާސީ އައު އަހަރަށް އަމާޒުކޮށް، ހިންމަފުށީ ސްކޫލަށް 130 ޑެސްކް ހަދިޔާކޮށްފިއެވެ.

މި ޑެސްކްތައް ޖަހައިފައިވަނީ އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުންނެވެ.
މިއީ އިޖްތިމާޢީ ގޮތުން އެހީތެރިވެދިނުމަށް ހިލޭކޮށްދެވިފައިވާ މަސައްކަތެކެވެ. އަދި މި މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދީފައިވަނީ ކ. ހިންމަފުށީ ސުކޫލުންނެވެ.
މިފަދަ މަސައްކަތްތަކުން ޤައިދީންގެ ރިހެބިލިޓޭޝަނަށް ހެޔޮ އަސަރުކޮށް، އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީވެގެން ދާނެ ކަމަށް ކަރެކްޝަނުން ދެކެއެވެ.
ގުޅުންހުރި
އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ޕެރޯލަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ޤައިދީންނާ އިންޓަވިއުކޮށްފި
ޖަލަށް މަނާތަކެތި އެތެރެކުރުން ހުއްޓުވަން މާފުށީ ޖަލުގައި ކުއްލި އޮޕަރޭޝަނެއް!




