logoEN
WAMCO TOP 1
ރާއްޖެއާއި ޖަޕާނާ ދެމެދު ޓޭބަލް ޓެނިސް ކުރިއެރުވުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި ޖަޕާނާ ދެމެދު ޓޭބަލް ޓެނިސް ކުރިއެރުވުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

5/29/2026, 2:45:51 PM

# ރާއްޖެ - ޖަޕާން

-

ރާއްޖެއާއި ޖަޕާނާ ދެމެދު ޓޭބަލް ޓެނިސް (ޓީޓީ) ގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، މި ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު މަހްލޫފް، ޖަޕާން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް މަސާޔާ ކަވާޓާއާ އެކު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. ޚާއްޞަކޮށް ދިވެހި ކުޅުންތެރިންނަށް ތަމްރީނު ފުރުޞަތުތައް ހޯދުމާއި، ދެ ޤައުމުގެ އެސޯސިއޭޝަންގެ މެދުގައި ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންކަމަށް ވަނީ އަލިއަޅުވާލާފައެވެ.

ސަފީރު އަޙްމަދު މަހްލޫފަކީ މީގެ ކުރިން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅަކަށްވުމާއެކު، އޭނާ ދަނީ ޖަޕާނުގައި ހުންނަވައިގެން ރާއްޖޭގެ ކުޅިވަރު ދާއިރާ ކުރިއެރުވުމަށް، ޚާއްޞަކޮށް ޖަޕާނުގެ ކުޅިވަރު އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ޓޭބަލް ޓެނިސް ކުރިއެރުވުމަށް ޖަޕާނުގެ އެހީތެރިކަމާއެކު އާ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ފަހުގެ
HDC