
ޖަޕާނުގެ އެހީތެރިކަމާއެކު ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ސަފީރު މަހްލޫފް ޖޭ.އެފް.އޭ ގެ ރައީސާ ބައްދަލުކުރައްވައިފި
# ރާއްޖެ - ޖަޕާން-
ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު މަހްލޫފް, ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭ.އެފް.އޭ) ގެ ރައީސް އަދި ޖަޕާން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ސުނެޔާސު މިޔަމޯޓޯއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު މަހްލޫފް ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ، ފުޓްސަލް އަދި ބީޗް ފުޓްބޯޅަ ކުރިއެރުވުމަށް ޖޭ.އެފް.އޭ އަށް ދެވޭނެ އެއްބާރުލުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. މީގެ އިތުރުން، ދެ ގައުމުގެ އެސޯސިއޭޝަން ދެމެދު މުސްތަގުބަލުގައި ގުޅުން ބަދަހިކުރެވިދާޅުވާނެ ދާއިރާތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނު ކަމަށެވެ.
ޖަޕާނަކީ އަބަދުވެސް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމެއްކަން ފާހަގަކުރައްވަމުން، މަހްލޫފް ވިދާޅުވީ ޖަޕާނުން ދެމުންދާ އެއްބާރުލުމާއި ބާއްވާ ގާތްގުޅުމަށް ރާއްޖެއިން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.
މީގެ އިތުރުން، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް 2026 އަށް ޖަޕާނަށާއި އެ ގައުމުގެ ގައުމީ ޓީމު "ސަމުރާއީ ބްލޫ" އަށް ސަފީރު މަހްލޫފް ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ގުޅުންހުރި

ޖަޕާނުގެ އެހީތެރިކަމާއެކު ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ސަފީރު މަހްލޫފް ޖޭ.އެފް.އޭ ގެ ރައީސާ ބައްދަލުކުރައްވައިފި

އަޙްމަދު މަޚްލޫފް އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ކާރިސާ ހާލަތްތަކުގައި ބޭނުންކުރާ ސާމާނު ޖަޕާނުން އެންޑީއެމްއޭ އަށް ހަދިޔާކޮށްފި




