
-
ކުރިޔަށް އޮތް ރަމަޟާން މަހު މާލެ ސަރަަހައްދުގައި ވެމްކޯގެ ހިދުމަތްތައް ދޭނޭ ގަޑިތައް ކަނޑައަޅައިފި އެވެ.

ރޯދަ މަހަށް ވެމްކޯއިން ވެފައިވާ ތައްޔާރީތަކާއި ގުޅޭގޮތުން މިއަދު އެކުންފުނީން މައުލޫމާތު ހާމަކުރަމުން ބުނީ ރޯދަ މަހު މާލޭގެ ގޭބިސީތަކުން ކުނި ނަގާނީ ރޭގަނޑު 20:30 އިން ދަންވަރު 02:00 އާއި ހަމައަށް ކަމަށެވެ. އަދި ހުޅުމާލޭގެ ގޭބިސީތަކުން ކުނިނަގާނީ 21:00 އިން ދަންވަރު 02:00 އާއި ހަމައަށް ކަމަށެވެ. އެގޮތުން ރޯދަމަސް ނިމި ހަ ރޯދަ ނިމެންދެންވެސް މާލެއާއި ހުޅުމާލޭގެ ގޭބިސީތަކުން ކުނި ނަގާނީ އެގަޑިތަކުގައި އެވެ.
މީގެ އިތުރުން ވިލިމާލޭގެ ގޭބިސީތަކުން މުލަ ރޯދަދުވަހުންފެށިގެން ހަ ރޯދަ ނިމެންދެން ކުނި ނަގަމުންދާނީ ރޭގަނޑު 21:00 އިން ދަންވަރު 01:00 އާއި ހަމައަށް ކަމަށް ވެމްކޯއިން ވަނީ ހާމަކޮށްފައެވެ.
ވެމްކޯއިން ބުނީ ރައްޔިތުން ވެސް އެގަޑިތަކަށް ހޭނި އެ ކަމަށް ފަރިތައްވުމަށްޓަކައި މި ބަދަލު އަންނަ އާދިއްތަ ދުވަހުން ފެށިގެން ގެންނަށް ނިންމާފައިވާ ކަމަށެވެ.
ގުޅުންހުރި

ވެމްކޯ ޑިރެކްޓަރުންގެ ބޯޑަށް އިތުރު މެމްބަރަކު އައްޔަނުކޮށްފި

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން، ވެންޓިލޭޓަރުން މިހާރު ނަގައިފި - ވެމްކޯ

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލަތު މިދަނީ ގާތުން ބަލަމުން - ވެމްކޯ

.gif&w=3840&q=75)



