
މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ފުވައްމުލަކުން ދެ މީހަކު ހައްޔަރުކޮށްފި
# މަސްތުވާތަކެތި މައްސަލަފޮޓޯ: ޕޮލިސް
މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ފުވައްމުލައް ސިޓީން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ފުނާޑު. އެލީނާ، މުޙައްމަދު މޫސާ (72އ) އާއި ޏ. ފުވައްމުލައް / މިސްކިތްމަގު. ނިރިހާ، ޙުސައިން ސައިފު (33އ) އެވެ.
މި ދެ މީހުންގެ ތެރެއިން ޙުސައިން ސައިފު (33އ) ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
މި މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މުޙައްމަދު މޫސާ (72އ) ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓަކުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ފުވައްމުލަކު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ގަނޑެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 50.35 ގުރާމެކެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ސައިފު 15 ދުވަހަށް އަދި މުޙައްމަދު މޫސާ ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި

ފުލުހުންގެ ބެލުމުގެދަށުގައި ހުރި 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

140 ގްރާމަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ހައްޔަރުކޮށްފި

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށް!




