
މާރޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގައި ހޯމަ ދުވަހު ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
# ރައީސް މުއިއްޒު-
އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގައި ހޯމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު މީޑީއާތަކާއިއެކު ބާއްވަނީ ގާތް ގުޅުމެއް ކަމަށާއި އެގުޅުން އިތުރަށް ވަރުގަދަކުރައްވައި މީޑިއާތަކަށް އެމަނިކުފާނު ސީދާ މައުލޫމާތު ދެއްވުމުގެ ގޮތުން މިއަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތީން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
އަދި ދަތުރެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އާއި ބަންދު ދުވަހަކާއި ދިމާވާ ހާލަތެއްގެ އިތުރުން ޝެޑިއުލްއަށް ބަދަލު އަންނަ ކަމެއް މެދުވެރިނުވާހާހިދަކު މިކަން ވިދާޅުވި ގޮތުގައި ކުރުމުގައި ދެމިހުންނާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން މާޗު މަހުން ފެށިގެން ސަރުކާރުގެ ކޮންމެ ކެބިނެޓު ވަޒީރަކުވެސް ހަފްތާއަކު އެއްފަހަރު އެއްގަޑިއިރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަން އިއުލާނުކުރައްވައި ރައީސް ވަނީ މިކަމުގެ ތާވަލު ރައީސް އޮފީހުން ހަފްތާއިން ހަފްތާއަށް ޝާއިރުކުރަމުންދާނެކަންވެސް ފާހަގަކުރައްވާފައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ޕްރިޒަން އައިލެންޑް ކޮންސެޕްޓުގެ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފެށިގެންދާނެ: ރައީސް

ބޭނުންވާ ހުރިހާ ވަސީލަތްތަކާއިއެކު 55 ކައުންސިލް އިމާރާތް މި އަހަރު ނިމޭނެ - ރައީސް

ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 8 މިސްކިތް ހުޅުވޭނެ - ރައީސް





